ކައުންސިލް ރައީސް، ނައިބު ރައީސް ފިޔަވާ މެންބަރުން ވަޒީފާއަށް ނަގާގޮތަށް ނެގުމަށް ގޮވާލައިފި

Advertisement

އެންމެ ފަސް

Advertisement

ކައުންސިލް ރައީސް އަދި ނައިބުރައީސް ފިޔަވާ ދެންތިބޭ މެންބަރުން ވަޒީފާއަށް ނަގާގޮތަށް ނެގުމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން މިބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ސައުދުﷲ ވިދާޅުވީ ރައްޔިތުންގެ އިތުބާރު ކައުންސިލްތަކަށް ގެއްލިފައިވާ ކަމަށެވެ. އަދި ކުރިން އޮތް ކަތީބު ނިޒާމު މާ ރަނގަޅުކަމަށް ރައްޔިތުން ބުނަމުންދާކަމަށްވެސް ވިދާޅުވި އެވެ. ސައުދުﷲ ވިދާޅުވީ ކަތީބުން އެމަގާމަށް އަންނަނީ ތައުލީމު އަދި ތަޖުރިބާ ހުރެގެން ކަމަށެވެ. އެހެންކަމުން އެމީހުންނަށް ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް މަސައްކަތް ކުރަން އެނގޭ ކަމަށެވެ.

ކައުންސިލަރުންގެ ގޮތުގައި އިންތިހާބު ކުރެވޭ ފަރާތްތައް ކަންކަމަށް ވަރަށް އާ ކަމަށާއި އަދި ޅަބޭފުޅުންނަށްވުމުން މަސައްކަތުގެ އަޚުލާޤާއި ޒިންމާއާމެދު ވިސްނާލަން ފަސޭހަނުވާ ކަމަށެވެ. އަދި މިހާރުވެސް ފެންނަ ނުފެންނަ ވޯޓެއް ލައިފިނަމަ، ރާއްޖޭގެ ގިނަ ރައްޔިތުން ތާއީދުކުރާނޭ ކަތީބު ސިސްޓަމަށް ކަމަށް ސައުދުﷲ ވިދާޅުވިއެވެ.

އެހެންނަމަވެސް މިއީ ކަތީބު ސިސްޓަމްގެ ޒަމާން ނޫންކަން ފާހަގަކުރައްވާ ސައުދުﷲ ވިދާޅުވީ މިއީ އިންތިހާބީ ޒަމާނެއްކަމުން ކޮންމެވެސް ބަޔަކު އިންތިހާނުވާންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ކައުންސިލް ރައީސް އަދި ނައިބުރައީސް އިންތިހާބު ކުރުމަށްފަހު ބާކީތިބޭ މެންބަރުންނަކީ އިއުލާނުކޮށްގެން އެވަޒީފާއަށް ނެގޭ މެންބަރުންގެ ގޮތުގައި ހެދުމަށް ގޮވާލެއްވިއެވެ.

”އަޅުގަނޑަށް ފެންނަ ފެނުމުގައި ކައުންސިލްގެ ރައީސްއާއި ނައިބުރައީސް އިންތިހާބުކޮށްފައި ބާކީތިބޭ މެންބަރުންނަކީ އިއުލާނުކޮށްގެން އެވަޒީފާއަށް ނެގޭ މެންބަރުންގެ ގޮތުގައި ހަދައިފިކަމަށް ވެއްޖިއްޔާ އެމަގާމަށް ތަޖުރިބާއާ އިލްމީ ބޭފުޅުން ލިބުމުގެ ފުރުސަތު އޮންނާނެ. އެހެންކަމުން ރައްޔިތުންނަށް ދެވޭ ޚިދުމަތުގައި ފުރުސަތުތަކެއް ނުވަތަ ކާމިޔާބުތަކެއް ލިބިގެންދާނެ ކަމަށް ގަބޫޅުކުރެވެނީ“ ސައުދުﷲ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ މުހިންމު އިސްލާހެއް ކަމަށް ސައުދުﷲ ވިދާޅުވިއެވެ. އަދި ބައިއިލެކްޝަންތައް އަހަރަކު ދެފަހަރު ބާއްވާގޮތަށް ހެދުމުން ދައުލަތަށް ހަރަދުތައް ކުޑަވާނެ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ލާމަރުކަޒީ ނިޒާމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ