ގިނަ ކައުންސިލްތަކުގެ ބޭނުން ފުދޭކަމަށް ރައްޔިތުން ގަބޫލެއް ނުކުރޭ: ސައުދުﷲ

Advertisement

އެންމެ ފަސް

Advertisement

ގިނަ ކައުންސިލްތަކުގެ ބޭނުން ފުދޭކަމަށް ރައްޔިތުން ގަބޫލު ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ، ސަރުކާރުގެ ފަރާތުން އިސްދޫ ދާއިރާގެ މެންބަރު އިސްމާއިލް ޝަފީއު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން މި އިސްލާހަށް ވާހަކަ ދައްކަވަމުން މެންބަރު ސައުދުﷲ ވިދާޅުވީ އަހަރަކު ދެ ފަހަރު ބައިއިލެކްޝަންތައް ބާއްވާގޮތަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކުރާ ކަމަށެވެ. މިފަދަ އިސްލާހަކާމެދު ވާހަކަ ދައްކާއިރު ކައުންސިލްތަކުގެ ބޭނުން ރައްޔިތުންނަށް ފުދޭތޯ ނުވަތަ ނޫންތޯ ބަލާލަންޖެހޭ ކަމަށް ސައުދުﷲ ވިދާޅުވި އެވެ.

”ގިނަ ކައުންސިލްތަކުގެ ބޭނުން ރައްޔިތުންނަށް ފުދޭކަމަކަށް ރައްޔިތުން ގަބޫލެއް ނުކުރޭ“ ސައުދުﷲ ވިދާޅުވި އެވެ.

ރައްޔިތުން އެގޮތަށް ދެކެނީ ކައުންސިލަރުން އެބޭފުޅުންގެ ވާޖިބު އަދާކުރުމުގައި ފަސްޖެހިފައިވާތީ ކަމަށްވެސް ސައުދުﷲ ވިދާޅުވިއެވެ. އެހެންކަމުން އެކަމާމެދު އިތުރަށް ވިސްނާލަންޖެހޭ ކަމަށް މެންބަރު ވިދާޅުވި އެވެ.

ކައުންސިލްތަކުން ކުރާ ހަރަދާމެދުވެސް ވިސްނަންޖެހޭކަން ފާހަގަކުރައްވާ ސައުދުﷲ ވިދާޅުވީ ބައެއް ކައުންސިލްތަކުން ތަޖުރިބާ ހޯދުމުގެ ނަމުގައި ދުނިޔޭގެ ކަންކޮޅުތަކަށް ކުރާ ދަތުރުތަކުން ލިބެނީ ކޮން ފައިދާއެއްތޯ ގިނަ ރައްޔިތުން ސުވާލު އުފައްދާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ކައުންސިލްތަކުގެ އަދަދު މަދުކުރުމަކީ ވަރަށް ތާއީދު ކުރެވޭ ގޮތެއް ކަމަށްވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ލާމަރުކަޒީ ނިޒާމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ