އައްޑޫން ކަރަންޓު ކެނޑޭތީ ކުއްލި މައްސަލައެއް

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ސިޓީގެ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކެނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެވެ. ނާޒިލް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ، އައްޑޫ ސިޓީއަކީ 30،000 އަށްވުރެއް ބޮޑު އާބާދީއެއް ދިރިއުޅޭ ސިޓީއެއް ކަމަށެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދިނުމުގައި ސަރުކާރުން އިހުމާލު ވެފައިވާ ކަމަށެވެ.

އައްޑޫއިން ކަރަންޓު ކެނޑޭ މައްސަލައިގައި ރައްޔިތުންގެ އަސާސީ ދިރިއުޅުމުގެ ހާލަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ނާޒިލް ވިދާޅުވި އެވެ.

ކުއްލި މައްސަލައިގައި ނާޒިލް ވިދާޅުވީ، އައްޑޫ ސިޓީގެ ކަރަންޓުގެ ހިދުމަތް އެންމެ އަސާސީ ފެންވަރަށް ފޯރުކޮށްދިނުމަށްވެސް ސަރުކާރުން ނުކުޅެދިފައިވާ ކަމަށެވެ. އަދި ތަކުރާރުކޮށް ”ނިވިދިއްލޭ ބޮތްކެއްހެން“ ކަރަންޓު ކެނޑެމުންދާތީ ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. މީގެއިތުރުން ކަރަންޓު ކެނޑުމުގެ ސަބަބުން އައްޑޫގެ ސްކޫލްތަކުންނާއި އޮފީސްތަކުންނާއި ފިހާރަތަކުން ދޭންޖެހޭ ހިދުމަތް ރައްޔިތުންނަށް ނުދެވިވާކަމަށްވެސް ނާޒިލް ވިދާޅުވި އެވެ.

މިފަހުން މ. މުލިންވެސް ކަރަންޓު ކެނޑުނު މައްސަލަ ފާހަގަ ކުރައްވާ ނާޒިލް ވިދާޅުވީ ކަރަންޓުގެ މައްސަލައަކީ ހަމައެކަނި އައްޑޫ ސިޓީއަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށެވެ. އަދި އައްޑޫ ސިޓީއަށް ކަރަންޓު ފޯރުކޮށްދޭ އިންޖީނުތަކަށް ބޭނުންވާ މަރާމާތުގެ ސާމާނު އެއްވެސް ވަރަކަށް މި ސަރުކާރުން ފޯރުކޮށްދީފައިނުވާ ކަމަށްވެސް ނާޒިލް ވިދާޅުވި އެވެ.

މި ކުއްލި މައްސަލަ މަޖިލިީހަށް ބަލައިގެންފައިވަނީ 57 މެންބަރުންގެ ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލިސް އައްޑޫ ސިޓީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ