އީ-ލާރނިންގ ހުއްދަ ނުހޯދާ ހިންގާ ޕްރޮގްރާމްތަކުގެ ސަނަދު ގަބޫލު ނުކުރާނެ: އެމްކިއުއޭ

Advertisement

Advertisement

އެންމެ ފަސް

Advertisement

އީ-ލާރނިންގ ހުއްދަ ނުހޯދާ ހިންގާ ޕްރޮގްރާމްތަކުގެ ސަނަދު ގަބޫލުނުކުރާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފި އެވެ.

އެމްކިޔުއޭ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖެގައި މަތީ ތައުލީމް ދޭ މަރުކަޒުތަކުން އީ-ލާރނިންގ ހުއްދަ ނުހޯދާ ޕްރޮގްރާމްތައް އިޝްތިހާރުކޮށް، ހިންގާކަމުގެ ޝަކުވާތަކެއް އެ އެތޯރިޓީއަށް ލިބެމުން އަންނަ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން އެމްކިއުއޭއިން ބުނީ ކޮވިޑް 19 ގެ ހާލަތުގައި ރާއްޖޭގެ މަތީ ތައުލީމްދޭ މަރުކަޒުތަކަށް އީ-ލާރނިންގ ޑެލިވަރީ މޮޑެލިޓީގައި ޕްރޮގްރާމްތައް ހިންގުމަށް ދެވުނު ހުއްދަ 28 އޭޕްރީލް 2022 ގައި ބާތިލްކޮށް އާންމުކޮށް އިއުލާން ކޮށްފައިވާނެ ކަމަށެވެ. އަދި ”ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވައިދު 16 މެއި 2022“ ގައި ގެޒެޓްކޮށް، ”ގައިޑް ލައިން ފޮރ އީ-ލާރނިންގ“ ގަވައިދު 24 އޮގަސްޓް 2022 ގައި ގެޒެޓްކޮށްފައިވާނެ ކަމަށް އެމްކިއުއޭއިން ބުނެފައި ވެއެވެ.

އެއާއިއެކު އެ ގަވައިދުތަކާއި އެއްގޮތަށް، ޕްރޮގްރާމަތައް ހުށަހަޅާ ހުއްދަ ހޯދުމަށް މަތީ ތައުލީމްދޭ މަރުކަޒުތަކަށް އަންގާފައިވާނެ ކަމަށް އެމްކިއުއޭއިން ބުނެފައި ވެއެވެ. އަދި މި ގަވައިދުތަކާއި އެއްގޮތަށް ގިނަ މަރުކަޒުތަކުން ޕްރޮގްރާމް ހުށަހަޅާ ހުއްދަ ހޯދައިގެން ކުރިޔަށް ގެންދާކަންވެސް އެމްކިއުއޭއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެމްކިއުއޭއިން ބުނީ ކޮންމެ މީހަކުވެސް ކިޔަވަން ފެށުމުގެ ކުރިން ކިޔަވަން ގަސްތުކުރާ މަރުކަޒަކީ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވުޒާރާ ގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަން ކަށަވަރު ކުރުމުގެ އިތުރުން އެ މަރުކަޒުން ހިންގާ ޕްރޮގްރާމްގެ ’ޑެލިވަރީ މޮޑެލިޓީ‘ އެމްކިއުއޭގެ ރަޖިސްޓްރީން ކަށަވަރުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އެކްރެޑިޓް ކޮށްފައިނުވާ ޕްރޮގްރާމަކުން ހާސިލްކުރާ ސަނަދެއް ގަބޫލު ނުކުރާނެކަމަށާއި، އެކަމުގެ ޒިންމާ އެމްކިއުއޭއިން ނުނަގާނެ ކަމަށްވެސް ވަނީ އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

އެ އިދާރާއިން އިތުރަށް ބުނީ އެ އިދާރާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ހިލާފަށް މަރުކަޒުތަކުން ޕްރޮގްރާމްތައް އިޝްތިހާރުކޮށް، ހިންގާކަމަށް ވާނަމަ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވައިދުގެ 30 ވަނަ ބާބުގެ(ހ)ގެ ދަށުން އެ މަރުކަޒަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ އަދި ކުރިން ހުއްދަ ދެވިފައިވާ ޕްރޮގްރާމްތަކުގެ ލިންކްތައް:

 

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ