މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. ދުވާފަރަށް ވަޑައިގެންފި އެވެ.
ރައީސް ދުވާފަރަށް ވަޑައިގަތުމުން އެ ރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ދުވާފަރަށް ވަޑައިގެން ރައީސް ވަޏީ އެ ރަށުގެ ތަރައްގީގެ ބައެއް މަސައްކަތްތައްވެސް ފައްޓަވައި ދެއްވާފަ އެވެ. އަދި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވާފައިވެ އެވެ.
އެގޮތުން މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް ޤާއިމުކުރި ފުރަތަމަ ފިއުލް ސްކިޑް ވަނީ ދުވާފަރުގައި ހުޅުވައިދެއްވާފަ އެވެ.
ރައީސްގެ މިދަތުރުފުޅުގެ ތެރެއިން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަދި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި މިހާރު ކުރިއަށްދާ އެކި އެކި ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރ. ދުވާފަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސްވެރިންގެ ދުވަސް



