އެޓެސްޓޭޝަން ގަވާއިދެއް ހަދަން ޖެހުނީ ފޭކު ސެޓްފިކެޓް ހުށަހަޅާ މައްސަލަ ބޮޑުވުމުން: ފިޒާނާ

Advertisement

އެންމެ ފަސް

Advertisement

އެޓެސްޓޭޝަން ގަވާއިދެއް އެކުލަވާލަން ޖެހުނީ ފޭކު ސެޓްފިކެޓް ހުށަހެޅުމުގެ މައްސަލަ އިތުރުވަމުން ދިއުމާ ގުޅިގެން ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޒާނާ ހާމަކުރެއްވި ގޮތުގައި މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ވަގު ސެޓްފިކެޓްގެ 19 މައްސަލަ ވަނީ ހުށަހެޅިފައެވެ. މީގެ އިތުރުން ސޮޔާއި ތައްގަނޑު ފޯޖުކުރުމުގެ މައްސަލަތައް ވެސް ވަނީ އިތުރުވެފައެވެ.

”މި މައްސަލަތައް އެމްކިއުއޭ އިން ވާނީ ފުލުހުންނަށް ހުށަހަޅާފައި. ނަމަވެސް އަވަހަށް މައްސަލަތައް ނުނިމޭ. އެ ކަންބޮޑުވުން އެބައޮތް،“ ފިޒާނާ ވިދާޅުވިއެވެ.

އަލަށް އެކުލަވާލެވުނު އެޓެސްޓޭޝަން ގަވާއިދުގެ ދަށުން، އެމްކިއުއޭ އިން ދޫކުރާ އެއްވެސް ލިޔެކިޔުމެއްގައި އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާނީ ހަމައެކަނި އެމްކިއުއޭ އިންނެވެ. މި ފިޔަވަޅަކީ ވަގު ސެޓްފިކެޓްތަކުގެ މައްސަލަ ހުއްޓުވުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ކަމަށް ފިޒާނާ ފާހަގަކުރެއްވިއެވެ.

މި އައު އުސޫލުގެ ދަށުން، އެމްކިއުއޭ އިން ދޫކުރާ ލިޔެކިޔުންތައް އިތުރު ފަރާތެއްގެ އެޓެސްޓޭޝަން ހޯދުމަކާ ނުލައި ވަޒީފާތަކަށް ކުރިމަތިލުމަށާއި އެހެނިހެން ބޭނުންތަކަށް ބޭނުންކުރެވޭނެއެވެ. އަދި މި ލިޔެކިޔުންތައް ހޯދުމަށް އެދޭ ފަރާތްތަކުން އެމްކިއުއޭގެ ވެބްސައިޓުން ލިބެންހުންނަ ފޯމު ފުރިހަމަކުރަން ޖެހޭނެ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ