ރައީސް، ނޭޕާލްގެ އާ ބޮޑުވަޒީރަށް މަރުހަބާ ދަންނަވައިފި

Advertisement

އެންމެ ފަސް

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނޭޕާލްގެ އާ ބޮޑު ވަޒީރު ކޭޕީ ޝަރްމާ އޮލީއަށް މަރުހަބާ ވިދާޅުވެެއްޖެ އެވެ.

ރައީސް އޮލީއަށް މަރުހަބާ ދެންނެވީ މިއަދު އެކްސްގަިއ ކުރެއްވި ޕޯސްޓެއްގަ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ޝެއާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖެ އާއި ނޭޕާލު ރައްޔިތުންނާ ގާތް ގުޅުމެއް އޮންނަ ކަމަށެވެ. ދެގައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމަށް ނޭޕާލްގެ ބޮޑުވަޒީރާ ގާތުން މަސައްކަތް ކުރުމަށް ކެތްމަދުވެފައިވާ ކަމަށް ރައީސްގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ.

ރާއްޖެ އާއި ނޭޕާލާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވިފައިވަނީ 01 އޮގަސްޓް 1980 ގައެވެ.

ރާއްޖެ - ނޭޕާލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ