2023 ގައި ސަރަހައްދީ ގޮތުން ބޮލަކަށް ޖީޑީޕީގެ ނިސްބަތުން އެންމެ މަތީ އަދަދެއް ހާސިލްވީ ރާއްޖެއަށް: ވޯލްޑްބޭންކް

Advertisement

އެންމެ ފަސް

Advertisement

2023 ވަނަ އަހަރުގެ ތެރޭގައި ދެކުނުގެ އޭޝިޔާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ބޮލަކަށް އެންމެ މަތީ ޖީޓީޕީގެ އަދަދެއް ހާސިލްކޮށްފައި ވަނީ ދިވެހިރާއްޖެ އިންކަމަށް ވޯލްޑްބެންކްއިން ބުނެފި އެވެ.

ވޯލްޑްބެންކް ހިއްސާކޮށްފައިވާ ކަންޓްރީ ކްލައިމެޓް އެންޑް ޑިވެލޮޕްމެންޓް ރިޕޯޓްގައި ވާގޮތުން ރާއްޖެއިންވަނީ ވޭތުވެ ދިޔަ 20 އަހަރުގެ ތެރޭގައި އިގްތިސާދީ ގޮތުން ފާހަގަ ކޮށްލެވޭ ކާމިޔާބީ ތަކެއް ހޯދާފައެވެ.

އޭޝިޔާގެ ގައުމުތަކުގެ ތެރޭގައި ބޮލަކަށް ޖީޑިޕީގެ ނިސްބަތުން އެންމެމަތީ އަދަދެއްވެސް ހަސިލް ކުރީ ރައްޖެއިން ކަމަށް ބުނެފައިވާއިރު ތައުލީމާއި ސިއްހަތުގެ ދައިރާގެ ކަންކަމަށް ރިއާޔައްކޮށް ބުނެފައިވަނީ ހިއުމަން ކެޕިޓަލްވެސް އެންމެ މަތީ ގައުމަކީ ރާއްޖެ ކަމަށެވެ.

ވޯލްޑްބެންކް ބުނެފައިވާ ގޮތުން 2000ގެ އަހަރުތަކުން ފެށިގެން ރާއްޖެއިންވަނީ ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތް ދެގުނަ ކޮށްފައި ކަމަށާ އަދި މީގެ ކުރިން މަދުން އާމްދަނީ ލިބޭ ގައުމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް ރައްޖެއަކީ މިހާރު މެދުމިނުގެ އާމްދަނީއެއް ލިބޭ ގައުމެއްކަަމަށް ކަނޑައަޅައި ރައްޖެއިން ވަރަށް ބޮޑަށް ފަގީރުކަން ނެތިގޮސްފައި ވަކަމަށްވެސް ބުނެފައި ވެއެވެ.

އެގޮތުން 1960 އާއި 2020 އާއި ދެމެދު ލައިފް އެކްސްޕެކްޓެންސީ ނުވަތަ މީހަކު ދިރިހުއްނާނެ ކަމަށް ބެލެވޭ އުމުރު އަދި ކުޑަކުދިންނާއި މައިން ނިޔާވާ މިންވަރުވެސް ވަނީ ވަރަށް ބޮޑަށް ދައްވެފައި ކަމަށް ރިޕޯޓްގައި ވެއެވެ.

ރާއްޖެ އަކީ ތައުލީމް ލިބިގަތުމުގައި ވެސް ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިފައިވާ ގައުމެއްކަމާއި އެއިރެއްގެ ސަރުކާރުން ރާއްޖޭގައި އިންފްރަސްޓްރަކްޗާ ބިނާކުރުމަށްޓަކައި އިންވެސްޓްކުރުމަށް އަހަމިއްޔަތު ދޭކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން 2002 ވަނަ އަހަރުން ފެށިގެން މިހާތަނަށް 200 އަށްވުރެ ގިނަ ބަނދަރާއި، ހަ މައި ސީޕޯޓެއް ބިނާކޮށްފައި ވާކަމަށާއި 17 އެއަރޕޯޓްގެ އިތުރުން ސިވޯލް އަދި ޖެޓީވެސް ބިނާކޮށްފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

 

ވޯލްޑް ބޭންކް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ