ރައްޔިތުން އެމްޑީޕީ ވެރިކަން ނިމުމަކަށް ގެނައީ ގައުމު ހިންގަން ނޭނގުމުން: މަޖިލިސް ރައީސް

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުން ނިކުމެ ނިމިދިޔަ އެމްޑީޕީ ސަރުކާރު ނިމުމަކަށް ގެނައީ ގައުމު ހިންގަން ނޭނގުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ އެކްސްގައި ރޭ ދަންވަރު ކުރެއްވި ޕޯސްޓެއްގަ އެވެ. މިއީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކުރެއްވި ޕޯސްޓަކަށް އަބްދުއްރަހީމް ދެއްވި ރައްދެކެވެ.

ޝާހިދުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ ބާރު ކަނޑުވާލަން، އަނެއްކާވެސް ރަށްރަށުގެ އާންމު ހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ ކަމަށެވެ. އަދި ދައުލަތުގެކަންކަން ހިންގަން ނޭނގިގެން ގައުމު ބަނގުރޫޓުގެ މަގަށް ފުރޮޅެން ފެށީމާ ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫންކަމަށްވެސް ޝާހިދު ވިދާޅުވެފައިވެ އެވެ.

މި ޕޯސްޓަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ގައުމު ހިންގަން ނޭނގި ފިނި ކޮޓަރީގައި ތިބެ ގައުމު ބަނގުރޫޓްކޮށްލީ ކޮންބައެއްކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ. އަދި ރައްޔިތުން ނިކުމެ އަބްދުﷲ ޝާހިދު ނިސްބަތްވާ އެމްޑީޕީގެ ވެރިކަން ނިމުމަކަށް ގެނައީ އެކަން އެނގޭތީކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ އިހުސާސްތައް ދަނެގެން ހިންގާ ރައްޔިތުންގެ ސަރުކާރެއް. ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ރައްޔިތުންނަށް ހޯދައިދޭނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން.

ޝާހިދުގެ ޕޯސްޓަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުވެސް ވަނީ ރައްދު ދެއްވާފަ އެވެ. ޝުޖާއު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ވާހަކަ އެމްޑީޕީން މި ސަރުކާރަށް ކިޔާދޭކަށް ނުޖެހޭނެ ކަމަށެވެ. މި ސަރުކާރު ވެރިކަމަށް އައީ އެމްޑީޕީ ވެރިކަމުގައި މި ނިޒާމު ހިންގި ގޮތް ތަޖުރިބާކޮށްފައިކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި އެ ތަޖުރިބާގެ އަލީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ނިޒާމަށް ގެންނަން ޖެހޭ ހެޔޮ ބަދަލު ގެނެސްދެއްވާނެ ކަމަށްވެސް ޝުޖާއު ވިދާޅުވެފައިވެ އެވެ.

އަބްދުﷲ ޝާހިދު އިބްރާހިމް ޝުޖާއު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ