ކުރީގެ ރައީސް ސޯލިހް ރާއްޖޭގެ ކަނޑުގެބައެއް ވިއްކާލީ ސިޓީއަކުން: މެންބަރު ޝުޖާއު

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދިވެހިރާއްޖޭގެ ކަނޑުގެ ބައެއް ވިއްކާލީ ސިޓީއަކުން ކަމަށާއި، އެއީ ނުކުރެވޭނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ ހިޔާލުހޯދުމުގެ އާންމު ވޯޓުނެގުމުގެ ބިލަށް ބަހުސްކުރަމުން، ޝުޖާއު ވިދާޅުވީ ގާނޫނު އަސާސީއަށް 17 އަހަރު ފުރިގެންދިޔައިރު މި ގާނޫނަކީ ގެނެވިފައި އަދި ފާސްވެފައި އޮންނަން ޖެހޭ ގާނޫނެއް ކަމަށެވެ. އަދި ރައްޔިތުންގެ ހިޔާލާއި ރައްޔިތުންގެ ވޯޓު ނެގުމުގެ އާންމު ގާނޫނެއް އޮންނަންޖެހޭކަން ގާނޫނު އަސާސީގެ 6 ތަނެއްގައި ބަޔާންކޮށްފައިވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

”އެހެންނަމަވެސް އަޅުގަނޑުމެން މިއަދު އުފެދޭ ސުވާލަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދިވެހި ރާއްޖޭގެ ކަނޑުގެ ބައެއް ސިޓީއަކުން ވިއްކާލީ، ހަގީގަތުގަ ސިޓީއަކުން ވިއްކާލީ، މީ ނުކުރެވޭނެ ކަންކަން، ރައްޔިތުންގެ ހިޔާލުހޯދުމުގެ ގާނޫނު ވުޖޫދުވެފައި އޮތްނަމަ އެއީ ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭނެ މައްސަލައެއް،“ ޝުޖާއު ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 3 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ސަރަހައްދު ކަނޑައެޅުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ފާހަގަކުރައްވަމުން، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެމްބަރުން ޔޫރަޕުގައި ގިނައިން އުޅުއްވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެ ގައުމުތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތް އެނގެންވާނެ ކަމަށް ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، އެމްޑީޕީން މި ގާނޫނު އަންނާނެކަމާމެދު ބިރުން އުޅެނީ އިންތިހާބުތަކުން ބަލިވެދާނެތީ ކަމަށެވެ. އަދި މިކަން ހާމަވާ އެއް މިސާލެއްގެ ގޮތުގައި ފިންލޭންޑުގައި މި އަހަރުގެ ތެރޭގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ 17 ވޯޓު ނަގާފައިވާ ކަން ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލިސް އިބްރާހިމް ޝުޖާއު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ