އައްޑޫގައި އުފައްދާ ކަރަންޓް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

އައްޑޫގައި އުފައްދާ ހުރިހާ ކަރަންޓެއް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރަން އުޅޭ ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

މޭޔަރު ނިޒާރު މިގޮތަށް ވިދާޅުވީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ނެވެ.

މި ޕްރޮގްރާމްގައި މައުލޫމާތުދެއްވަމުން ނިޒާރު ވިދާޅުވީ އައްޑޫގައި ސޯލާ ހަކަތައިގެ ބޮޑު މަޝްރޫއުއެއް ހިންގަމުންދާ ކަމަށެވެ. މި ޕްރޮޖެކްޓްތައް ނިމުމުން އައްޑޫއަކީ ޑީސަލްއަށް ބަރޯސާވުން ކުޑަ ސިޓީއަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.

”( އުންމީދަކީ އައްޑޫ) ސޯލާއިންވެސް ބޮޑު އަދަދަކަށް ހަކަތަ އުފައްދާނެ ސިޓީއަކަށް ވެގެންދިއުން. އަޅުގަނޑުމެންގެ އަމާޒަކީ ގްރީން ސިޓީއެއްގެ ގޮތުގައި އައްޑޫ ނަންކުރުމަށް މަސައްކަތްކުރެވިދާނެ ކަމަށް މި ޕްރޮޖެކްޓްތައް ނިމުނީމަ“

ނިޒާރު ވަނީ މި މަޝްރޫއުތައް ދެ ތިން އަހަރު ތެރޭގައި ނިމޭނެ ކަމަށް ލަފާކުރައްވާފަ އެވެ.

އާބާދީ ބޮޑު އައްޑޫގެ ރަށްރަށުން ކަރަންޓުގެ ހިދުމަތް ދިނުމުގައި ދަތިތަކެއް ދިމާވެ، ކަރަންޓު ކެނޑުމުގެ މައްސަލަތައް ފުދޭވަރަކަށް އާންމެވެ. މިކަމާއި ގުޅޭގޮތުން މޭޔަރު ނިޒާރު އަދި ވަރަށް ގިނަ އައްޑޫ ރައްޔިތުން ވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު އިޔާދަ ކުރަނިވި ހަކަތަ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ