އެޕޮއިންޓްމެންޓް ހައްދައިގެން ރައީސުންގެ ފައިންޕުޅުދެކެން ކައުންސިލަރުން މާލެ ގެނައުން ނިމުމަކަށް ގެނައީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިފަދައިން ވިދާޅުވީ އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރް އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވަ އެވެ. ނިޒާރުގެ ޕޯސްޓުގައި ވަނީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތްފަހުން ރައީސް އޮފީހަށް ވަދެވުނު ކައުންސިލަރެއްގެ ނަން އެގިލައްވާބޭފުޅެެއް ހުރިތޯ ސުވާލުކުރައްވާފަ އެވެ. އަދި މިދިޔަ ރިޔާސީ ދައުރުގައި ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްއާއި ކައުންސިލްތަކުން ޝެޑިއުލް ކުރެވިގެން ރައީސް އޮފީހުގައި ބައްދަލުވުންތައް ބޭއްވިފައިވާތީ، މިހާރުކަންހިގާގޮތް ސާފުކޮއްލަން ބޭނުންވީ ކަމަށް ނިޒާރު ވިދާޅުވެފައިވެ އެވެ.
”ބައްލަވާ މޭޔަރު ހަމަބުއްދީގައިތޯ ތިވާހަކަދައްކަވަނީ.“ ނިޒާރުގެ ޕޯސްޓަށް ރައްދު ދެއްވާ ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ އެތައްދުވަހެއްވަންދެން އެޕޮއިންޓްމެންޓް ހައްދައިގެން ރައީސުންގެ ފައިންޕުޅުދެކެން ކައުންސިލަރުން އެތައްހޭދައެއްކޮށް، މާލޭގައި ”ގަނަތެޅުމަށް ނިމުމެއްގެނައީ“ ކޮން ރައީސްއެއްކަން ދިވެހީންނަށް އޮޅުވާނުލެވޭނެ ކަމަށެވެ. އަދި އެ ރައީސް އަކީ ރައީސް މުއިއްޒު ކަމަށް ވިދާޅުވި އެވެ.
”ސީދާ ރައީސް މުޅިރާއްޖޭގެ މީހުންދިރިއުޅުއްވާ ހުރިހާ ރަށަކަށް ވަޑައިގެން ވެރިކަމަށް ދޮޅުއަހަރު ވީއިރު. ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާރަށެއްގެ ހުރިހާ ކައުންސިލްތަކާ ހުރިހާ ރައްޔިތުންނާ ބައްދަލުކުރައްވާ.“ ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ، ރައްޔިތުންނާގާތުން މިހުރިހާކަމެއް ކުރެއްވި ހަމައެކަނި ވެރިޔަކީ ރައީސް މުއިއްޒު ކަމަށެވެ.
ރައީސް މުއިއްޒު ވަނީ ރަށްރަށަށް ވަޑައިގެން ހުރިހާ ކައުންސިލަކާ ބައްދަލުކުރައްވާފަ އެވެ. އަދި އެމަނިކުފާނު އަނެއްވެސް ވަނީ ރަށްރަށަށް ދަތުރުތައް ފައްޓަވާފަ އެވެ. އަދި މި ދަތުރުފުޅުތަކުގެ ތެރެއިންވެސް ކައުންސިލްތަކާ އަންނަނީ ބައްދަލުކުރައްވަމުންނެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު
