އިލެކްޝަންސް ކޮމިޝަނުން ޝަރުތު ހަމަވާ 6 ޕާޓީއަކަށް 44 މިލިއަން ރުފިޔާ ދީފި އެވެ.
ރާއްޖޭގައި ރަޖިސްޓަރ ކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުން ފައިސާ ލިބުމަށް ޝަރުތު ހަމަވާ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެފައި ވެއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތުން 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ސަރުކާރުން ފައިސާ ދޫކުރަންޖެހެ އެވެ. އެގޮތުން، ޕާޓީތަކަށް ފައިސާ ދޫކުރާއިރު ދޫކުރާނީ ޕާޓީގައި ރަޖިސްޓާވެފައިވާ މެންބަރުންގެ އަދަދަށް ބެލުމަށްފަހު އެވެ. މިފަހަރު ރާއްޖޭގެ 6 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފައިވާއިރު ބޮލަކަށް 289.62 ރުފިޔާގެ މަގުން އީސީ އިން ފައިސާ ދީފައި ވެއެވެ.
ފައިސާ ލިބޭ ޕާޓީތައް:
- އެމްޑީޕީ: 15.1 މިލިއަން ރުފިޔާ
- ޕީޕީއެމް: 10.4 މިލިއަން ރުފިޔާ
- ޕީއެންސީ: 8.0 މިލިއަން ރުފިޔާ
- ޖޭޕީ: 5.3 މިލިއަން ރުފިޔާ
- އަދާލަތު: 2.5 މިލިއަން ރުފިޔާ
- އެމްޑީއޭ: 2.4 މިލިއަން ރުފިޔާ
ކޮންގްރެސް ޕާޓީ އަދާލަތު ޕަޓީ އިލެކްޝަންސް ކޮމިޝަން (އީސީ) އެމްޑީއޭ އެމްޑީޕީ ޕީޕީއެމް ޖުމްހޫރީ ޕާޓީ