ތިން ބާރު ވަކިވެފައިވާ ނިޒާމެއް އެންމެ ފުރިހަމައަށް ތަންފީޒު ކުރައްވާ ވެރިއަކީ ރައީސް މުއިއްޒު: ފަލާހު 

Advertisement

އެންމެ ފަސް

Advertisement

ތިން ބާރު ވަކިވެފައި އޮތް ނިޒާމެއް އެންމެ ފުރިހަމައަށް ތަންފީޒު ކުރައްވާ ވެރިއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ފަލާހު ވިދާޅުވީ ރައީސް މުއިއްޒު އަކީ ތިން ބާރު ވަކިވެފައިވާ ނިޒާމު އެންމެ ރަނގަޅަށް ތަންފީޒުކުރައްވާ ރައީސް ކަމަށެވެ.

ފަލާހު ވިދާޅުވީ ރައީސް މުއިއްޒު މަޖިލީހަށް އަތް ”ނުބާނާ“ ކަމަށާއި ފަނޑިޔާރު ގެއަށް އަތް ނުބާނާނެ ކަމަށެވެ. ފަނޑިޔާރު ގެއަށް ”އަތް ބާނާނަމަ ވަގުންތައް ތިބޭނީ މާފުށީ“ ޖަލުގައި ކަމަށެވެ. ނަަމަވެސް ފެނިވަޑައިގަންނަވަނީ އެންމެ ބޮޑެތި ވަގުން ވެސް މައިކުތަކުގެ ކުރިމަތީގައި ވާހަކަދައްކާ މަންޒަރު ކަމަށް ވިދާޅުވެ ފަލާހު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނުސީދާކޮށް ރައްދު ދެއްވާފަ އެވެ.

ފަލާހު ވިދާޅުވީ ގައުމެއް މިނިވަންވުމަށްޓަކައި އަސާސީ މުހިންމު ދެ ޝަރުތެއް އޮންނަ ކަމަށެވެ. ފުރަތަމަ ޝަރުތަކީ އެ ގައުމެއްގެ ސަރަހައްދު ބެލެހެއްޓޭ ވަރުގެ އަސްކަރިއްޔާއެއް އޮތުން ކަމަށާއި، ދެވަނަ ޝަރުތަކީ އެ ގައުމެއްގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ އާމުދަނީ އިގްތިސާދީ ގޮތުން ކައިގެން ބޮއެގެން ހުރެވޭނެ މިންވަރަށް ދައުލަތެއްގައި ހަކަތަ ހުރުން ކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު މި ދެ ޝަރުތު ވެސް އޮތީ އަށިން ބޭރަށް ވެއްޓޭ ހިސާބުގައި ކަމަށް ފަލާހު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް އަލި އަޅުއްވާލައްވައި ފަލާހު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ހުރީ ރައްޔިތުންނަށް ފައިދާވާނެ ހުރިހާ ބިލެއް ޕާކުކޮށްފައި ކަމަށެވެ.

”މިހާހިސާބަށް ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގަ 51 ބިލެއް އަޅުގަނޑުމެން ފާސްކޮށްފިން. އެމްޑީޕީ ވެރިކަމުގެ މިއަދާ ހަމައަށް ފާސްކުރެވިފަ އޮތީ 41 ބިލު. ކޮމެޓީތައް ބަލާލިއިރުގަ މުހިންމު ހުރިހާ އެއްޗެއް އެހެރީ ޕާކުކޮށްފަ. 19 ވަނަ މަޖިލީހުގަ، ރައްޔިތުންނަށް ފައިދާއެއްވާންހުރި ހުރިހާއެއްޗެއް ހުރީ ޕާކުކޮށްފަ.“ ފަލާހު ވިދާޅުވި އެވެ.

ރޭ ޕީއެންސީ އިން ކުރިއަށް ގެންދިޔަ ބޮޑު ޖަލްސާއަކީ މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ކުރިއަށް ގެންދިޔަ ޖަލްސާއެކެވެ. މި ޖަލްސާ އަށް ރާއްޖޭގެ އެކި ކަން ކޮޅުތަކުން މީހުން މާލެއަށް އައިސްފައިވެ އެވެ.

ކޮންގްރެސް ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ