ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިމެނޭ މިނިސްޓްރީތަކުގެ ދާއިރާގައި ހިމެނޭ މަަސައްކަތްތައް މަޖިލީހުން ފާސްކުރަން ހުށަހަަޅާފައި ނުވާތީ، އެ މަނިކުފާނުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ އަލުން އަނބުރާ ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ފަހު ޖަލްސާ މިއަދު ފެށުމާ އެކު ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސައިން ނިޒާމީ ނުކުތާއެއްގެ ގޮތުގައި ފާހަގަކުރެއްވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ރިޕޯޓް ކޮމިޓީން ފާސްކޮށްފައި އޮތީ ގަވައިދާ އެއްގޮތަށް ނޫން ކަމަށެވެ. އެ ނުކުތާ ބަލައިގަނެ ރިޔާސަރުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމެވީ އެކަމާ ބެހޭ ގޮތުން މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ މަޝްވަރާކުރެއްވުމަށެވެ.
ރިޕޯޓް އަނބުރާ ކޮމިޓީއަށް ފޮނުވައިލީ އެ މަޝްވަރާތަކަށް ފަހުގައެވެ. ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ އެއީ ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ބަލައިގަންނަ ކަމަށެެވެ.


