ޕާޓީތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، އުވާލެވޭ ޕާޓީތަކުގެ ކުލަ ބޭނުން ނުކުރެވޭ ބިލު ފާސްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފުވުމުން ޕާޓީތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، އުވާލެވޭ ޕާޓީތަކުގެ ކުލައާއި ނިޝާން ފަސް އަހަރަށް ބޭނުން ނުކުރެވޭގޮތަށް ހެދުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 61 މެންބަރުންގެ ވޯޓުންނެވެ. މި ބިލާ ދެކޮޅަށް 10 މެންބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.

މި އިސްލާހުގައި ބުނާ ގޮތުން ޕާޓީއެއްގެ މެންބަރަކަމަށް ގަވައިދާ ހިލާފަށް މީހެއްގެ ނަން ހުށަހެޅުން ފިޔަވާ ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފުވާ ކޮންމެ މީހަކު ރުފިޔާ އާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި އެ މީހަކު ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މިހާރު އޮތް ގޮތުން ސިޔާސީ ޕާޓީތަކަށް ދޫކުރާނީ އެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން %0.1 އާއި %0.2 އާއި ދެމެދުގެ އަދަދެކެވެ. ނަމަވެސް މިހާރު ފާސް ކުރި އިސްލާހާއެކު ސިޔާސީ ޕާޓީތަކަށް މުޅި ބަޖެޓުގެ އަދަދުން ފައިސާ ދިނުމުގެ ބަދަލުގައި ދައުލަތަށް ލިބޭ އާމްދަނީން ފައިސާ ދެވޭނެ އެވެ. އެގޮތުން މިހާރު ފާސް ކުރި އިސްލާހާއެކު ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާނީ އަހަރީ ބަޖެޓުން އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 އާއި %0.2 އާއި ދެމެދުގެ އަދަދެކެވެ.

ފައިސާ ދިނުމުގެ އުސޫލުގެ އިތުރުން އެ ގާނޫނަށް ވަނީ އިތުރު އެހެން އިސްލާހުތަކެއްވެސް ގެނެސްފަ އެވެ. އެގޮތުން ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ ކެންޑިޑޭޓަކު އެހެން ހައިސިއްޔަތަކުން އެ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮތް މާއްދާ އުނިކުރުންވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީއެއް އުވާލާ ނަމަ އެ ޕާޓީއެއްގެ ކުލައާއި ނިޝާން ފަސް އަހަރަށް ބޭނުން ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށްވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް ދައުލަތުގެ ބަޖެޓް ސިޔާސީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ