ވީއައިއޭގެ އާ ޓާމިނަލުން އެއާ ފްރާންސްއާއި އައިޓީއޭ އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލުން ފްރާންސްގެ ގައުމީ އެއާލައިން، އެއާ ފްރާންސަށާއި އިޓަލީގެ ގައުމީ އެއާލައިން، އައިޓީއޭ އެއާވޭސްއަށް ރަސްމީކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

މިކަން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތުތަކެއް ބާއްވައިފައެވެ.

އެއާ ފްރާންސަށް ހިދުމަތް ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަންޓާ އޭވިއޭޝަންގެ ޑެޕިއުޓީ ސީއީއޯ އަދި އެކައުންޓަބަލް މެނޭޖަރު އަހުމަދު މައުމޫން އެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ. އެއާ ފްރާންސްއަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 51 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެއާ ފްރާންސްގެ ފުރަތަމަ ފްލައިޓް، AF268 އިން ރާއްޖެ އައި 332 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

އައިޓީއޭ އެއާވޭސްއަށް ހިދުމަތް ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިގްބާލް އާދަމް އެވެ. މި ރަސްމިއްޔާތުގައި އައިޓީއޭ އެއާވޭސްގެ އައުޓްސްޓޭޝަން ކޯޑިނޭޓަރ، ޑެނިއެލް ޕިރާސް އާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އައިޓީއޭ އެއާވޭސްއަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން އެ އެއާލައިންގެ ކައުންޓަރުތައް ހުޅުވައި، އެ އެއާލައިނުން ފުރި 60 ފަސިންޖަރުންނަށް ހަދިޔާ ދީފައިވެ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އައިޓީއޭ އެއާވޭސްގެ ފުރަތަމަ ފްލައިޓް، AZ776 އިން ރާއްޖެ އައި 290 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

އެއާ ފްރާންސްއަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ފްރާންސްގެ ފުރަތަމަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 2 ނޮވެންބަރު 2017 ގަ އެވެ. އަދި އައިޓީއޭ އެއާވޭސްއަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އިޓަލީގެ ދެވަނަ އެއާލައިނެވެ. އައިޓީއޭ އެއާވޭސްއިން ރާއްޖެއަށް ދަތުރުތައް ފެށީ 18 ޑިސެމްބަރު 2022 ގަ އެވެ. މި ދެ އެއާލައިނާއެކު ޓާމިނަލް 1 އިން މިހާރު ޖުމްލަ 35 އެއާލައިނަކަށް ދަނީ ހިދުމަތް ދެމުންނެވެ.

އެމްއޭސީއެލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ