އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން އިރާނުން އިޒްރޭލަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދީފި އެވެ.
އިރާނުން ރޭ ވަނީ އިޒްރޭލުގެ އެކި ސިޓީތަކަށް ވަރުގަދަ މިސައިން ހަމަލާތަކެއް ދީފަ އެވެ. އެގޮތުން އިޒްރޭލުގެ ބަނދަރު ހިންގާ ސިޓީ ކަމަށްވާ ހައިފާއަށް މިސައިލް ހަމަލާތައްދީ ބޮޑެތި ގެއްލުންތަކެއް ދީފައިވެ އެވެ.
ހައިފާގެ އިތުރު އިޒްރޭލުގެ މައި ސިޓީ ތެލަވީވްއަށްވެސް ރޭވަނީ ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. ބޭރު މީޑިއާތަކުން ރިޕޯޓު ކޮށްފައިވާގޮތުގައި އިރާންގެ މި ހަމަލާތަކުގައި އިޒްރޭލުގެ 10 މީހަކު ވަނީ މަރާލާފަ އެވެ.
އިޒްރޭލުން އިރާނަށް ހަމަލާދީފައިވަނީ ބްރާފްސަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. އެ ހަމަލާތަކުގައި އިރާނުގެ އަސްކަރިއްޔާގެ އިސްވެރިންތަކެއް އަވާހާރަކޮށްލާފައިވެ އެވެ. އަދި އާންމުން ދިރިއުޅޭ ތަންތަނަށް ދިން ހަމަލާތަކެއްގައި އާންމުންގެ ތެރެއިން ބަޔަކުވެސް މަރުވެފައިވެ އެވެ. އެގޮތުން 78 މީހަކު މަރުވެފައިވާ ކަމަށް އިރާންގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެ އެވެ. އިޒްރޭލުން އިއްޔެ ވަނީ އިރާންގެ ސައުތް ޕާސް ގޭސް ރިފައިނަރީއަށްވެސް ހަމަލާދީފަ އެވެ. ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑަށް އިޒްރޭލުން ދިން ޑްރޯން ހަމަލާގައި ގޭސް ރިފައިނަރީގައި ބާރުގަދަ ގޮވުންތަކެއް ގޮވާފައިވެ އެވެ.
އިޒްރޭލުގެ ހަމަލާތަކަށް އިރާނުން އަންނަނީ ވަރުގަދަ ރަައްދު ހަމަލާތަކެއް ދެމުންނެވެ.