ޑީއެންއާރުގައި ފުރީ ވަގު ފޯމު ނަމަ، މާ ގިނައިން ފުރާނަން: އިހުސާން

Advertisement

Advertisement

އެންމެ ފަސް

Advertisement

ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ އޮފީސް ތެރޭގައި ފުރީ ސައްހަ ފޯމުތަކެއް ކަމަށާއި، އެތަނުގައި ވަގު ފޯމުތަކެއް ފުރި ނަމަ އެއަށްވުރެ މާ ގިނަ ފޯމުތައް ފުރީސް ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ 12 މެންބަރުން ހުށަހެޅުއްވި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް މަޖިލީހަށް ހާޒިރުވެ ވަޑައިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ޕީއެންސީއަށް 40،000 އަށްވުރެ ގިނަ ފޯމު ވައްދާފައިވާ ކަމަށެވެ. ”އެމްޑީޕީން ތުހުމަތުކުރާ ގޮތަށް ވަގު ފޯމު ފުރިނަމަ 1،700 މީހުން ނޫން، އެއަށްވުރެ މާ ގިނައިން ވައްދާނަން،“ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ކޮންމެ މިނިސްޓަރަކުވެސް ވަކި އަދަދަކަށް ފޯމު ހުށަހަޅަން އެންގުމުން އެ މަސައްކަތް ހަވާލުކުރެއްވީ ހޯމްލޭންޑް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންނާ އެވެ. އަދި އެ މަސައްކަތް ކުރީ ޑީއެންއާރު ހުންނަ ފަންގިފިލާގައި ހުރި މީޓިން ރޫމެއްގައި ކަމަށް އެމަނިކުފާނު ހާމަކުރެއްވި އެވެ.

”އެއީ ގާނޫނީ ކުށެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެކަމަކު ރައްޔިތުންގެ އިތުބާރު ލިބިފައިވާ ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި ސިޔާސީ މަސައްކަތް ކޮށްގެންވާނެ ކަމަކަށް ގަބޫލެއް ނުކުރަން،“ މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން ޑީއެންއާރުގައި ހުރި އޮފީހެއްގައި ޕީއެންސީއަށް ފޯމު ފުރާ މައްސަލައާ ގުޅިގެން މިނިސްޓަރު އިހުސާން ވެސް ހުންނަވާތަން ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި ލީކުވެފައިވާއިރު، އެކަމާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވެފައިވަނީ އެ ތަނަށް ވަޑައިގަތީ ޕިއްޒާ ކެއުމަށް ކަމަށެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލިސް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ