ނިޔާވި ދެމަފިރިންގެ ހަށިގަނޑު އާއިލާ އާއި ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ސިޓީގައި ނިޔާވެފައި އޮއްވާ ފެނުނު ދެމަފިރިންގެ ހަށިގަނޑު، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އާއިލާ އާއި ހަވާލުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

މި ދެމަފިރިން ނިޔާވެފައި އޮއްވާ ފެނުނީ މި މަހުގެ 22 ވަނަ ދުވަހު އެވެ. ނިޔާވެފައި އޮއްވާ ފެނުނީ ސ. ހިތަދޫ / ކުރެއިންގޭ، އިބްރާހިމް ޢަބްދުﷲ (60 އަހަރު) އާއި ސ. މަރަދޫ / ނާރެސް، ފަރަޙްނާޒް ރަޝީދު (52 އަހަރު) އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި ދެމަފިރިންގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމުގެ ކުރިން، މަރުވި ސަބަބު ދެނެގަތުމަށްޓަކައި ލާޒިމުވާ ސާމްޕަލްތައް ނެގުމާއި އަދި އެހެނިހެން ބަލަންޖެހޭ ކަންކަން ބަލާފައިވާ ކަމަށެވެ.

އާއިލާއާ ހަށިގަނޑު ހަވާލުކުރުމާއެކު މި ދެމަފިރިންގެ ކަށު ނަމާދު ކަންކަން މިއަދު ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ދެމަފިރިންގެ ކަށުނަމާދު ވަނީ މިއަދު ހުކުރު ނަމާދަށްފަހު ވަކިވަކިން ކުރުމަށް ހަމަޖެހިފަ އެވެ.

ފަރަޙްނާޒް ރަޝީދުގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މަރަދޫ، މަސްޖިދުލް އިޚްލާޞް (ބުރުޒު މިސްކިތް) ގައެވެ. އަދި އިބްރާހީމް ޢަބްދުﷲގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ ހިތަދޫ މަސްޖިދުލް ތަޤްވާ (ހުސެއިން މޫސާ މިސްކިތް) ގައެވެ. މި ހާދިސާގެ ތަފްޞީލުތައް ފުލުހުން ތަޙުޤީޤުކުރަމުންދާއިރު، މަރުވި ސަބަބު އަދި މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ހިންގަންޖެހޭ ތަޙުޤީޤުތައް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

އައްޑޫ ސިޓީ ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ