ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ދޮންބައްޕާފުޅު އަލީ އިބްރާހީމް އަވަހާރަވެއްޖެ އެވެ.
ދ. މީދޫ ގުލްޝަންކިނާރާ، އަލީ އިބްރާހިމް (ދޮން އަލިބެ) އަވަހާރަވީ ފަތިހުގެ ވަގުތެއްގަ އެވެ. އަވަހާރަވިއިރު، އުމުރުފުޅަކީ 78 އަހަރެވެ.
އަލީ އިބްރާހިމްގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު، އިސްލާމީ މަރުކަޒުގަ އެވެ. މޫނު ދެއްކުންވެސް ކުރިއަށްދާނީ އިސްލާމީ މަރުކަޒުގަ އެވެ.
ރަސްމީ ދަތުރުފުޅެއްގައި މިވަގުތު އިންޑިއާގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޖަނާޒާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ. އަދި ވެރިކަން ކުރާ ޕީއެންސީ/ޕީޕީއެމް އިންވެސް ވަނީ ތައުޖިޔާ ފޮނުވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކޮންގްރެސް ޕާޓީ ޕީޕީއެމް