އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހުވެސް މަޤާމުން ވަކިކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އެންމެ އިސް މަގާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހިމް އެ މަގާމުން ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ), އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވަޖީހު މަޤާމުން ވަކިކުރެއްވީ މިއަދު ކަމަށެވެ. ނަމަވެސް އޭނާ މަޤާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމައެއް ނުކުރެ އެވެ.

ވަޖީހު އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އާއިލީ ބޭފުޅެކެވެ. ވަޖީހު ވަކިކުރިއިރު، ދާދިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުންވެސް މަޤާމުން ވަކިކުރައްވާ، މިނިސްޓްރީވެސް އުވާލައްވާފަ އެވެ. އަދި މިނިސްޓްރީގެ ދަށުން ކުރަމުންގެންދިޔަ މަސައްކަތްތައް ވަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

އިނގިރޭސިވިލާތުގެ އެންގްލިއާ ރަސްކިން ޔުނިވާސިޓީން ވިޔަފާރީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ވަޖީހަކީ، އެމްޕީއެލްގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ އެމްޕީއެލްގެ ޖެނެރަލް މެނޭޖަރުކަމާއި އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަޤާމުތައް ފުރުއްވާފަ އެވެ.

ވަޖީހު ވަނީ އޭނާ މަޤާމުގައި ހުންނެވި ދުވަސްތަކުގައި އެމްޕީއެލްއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގައި ބަންކަރިންގ ހިދުމަތް ތައާރަފްކުރުމަށް ކުރި މަސައްކަތް ފާހަގަކޮށްލެެވެ އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިިމް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ