ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާޕާސަންގެ މަގާމަށް އަދި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ބޯޑަށް ބޭފުޅުން އައްޔަނު ކުރައްވައިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނެފައިވަނީ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަޤާމަށް، ގއ.ވިލިނގިލި / ވައިޖެހޭގެ، ޝަހީދު މުހައްމަދު އައްޔަނު ކުރައްވާފައިވާ ކަމަށެވެ.
މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ޝަހީދު މުހައްމަދު ހުންނެވީ އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ ޗެއާޕާސަންގެ މަގާމުގަ އެވެ.
މީގެއިތުރުން އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮން-އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމަށް، އއ.ރަސްދޫ / ފުނަމާލެ، އަހްމަދު ޝާކިރު އައްޔަނު ކުރައްވާފައިވާ ކަމަށްވެސް ޕީސީބީން މައުލޫމާތުދީފައިވެ އެވެ. މީގެކުރިން އަހްމަދު ޝާކިރު ހުންނެވީ އާސަންދަ ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮން-އެގްޒެކްޓިވް މެންބަރު ކަމުގަ އެވެ.
ޕީސީބީން މިއަދު ވަނީ ”ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް“ ޗެއާޕާސަންގެ މަގާމަށް އިބްރާހީމް އަބްދުއްރައްޒާޤު ހަލީމް އައްޔަނު ކުރައްވާފަ އެވެ. އަބްދުއްރައްޒާޤު ހަލީމް އަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯގެ މަޤާމުގައިވެސް ހުންނެވި ބޭފުޅާ އެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)



