މިހާރު އިންޑިޔާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ މުމްބާއީއަށް ކުރެއްވި ދަތުރުފުޅު ކުރު ކުރެއްވުމަށްފަހު މިއަދު އިންޑިއާގެ ބެންގަލޫރަށް ވަޑައިގެންފި އެވެ.
ރައީސް ބެންގަލޫރަށް ވަޑައިގަތީ އިންޑިއާ ގަޑިން ހެނދުނު 10:20 ގަ އެވެ. މި ދަތުރުފުޅުގައި ބެންގަލޫރުގެ ގަވަރުނަރު، އިންވެސްޓަރުންނާއި އެތަނުގައި އުޅޭ ދިވެހިންނާއި ރައީސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވެއެވެ. ރާއްޖޭގެ އިގްތިސާދަށް ހާއްސަ އިވެންޓްތަކުގައި ރައީސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައި ވެއެވެ. މިއީ ރައީސް ވަޑައިގަންނަވާ އިންޑިއާގެ އެންމެ ފަހު ސިޓީ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ. ރައީސްގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި އާދީއްތަ ދުވަހު ވަޑައިގަތީ އިންޑިޔާގެ ނިއު ދެއްލީއަށެވެ. ތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
އެމަނިކުފާނު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި މިހާރު ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަ މޯދީ އާއި އިންޑިއާގެ ރައީސް ދުރޫޕަތީ މުރުމޫ އާއި އިންޑިއާގެ ނައިބު ރައީސް ޖަގްދީބް ދަންކަރް އާއި އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ ބައްދަލު ކުރައްވާފަ އެވެ. މީގެ އިތުރުން ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކޮށް އެއްބާރުލުން ދިނުމަށް އެއްބަސްވުންތަކެއްގައިވެސް ވަނީ ސޮއިކޮށްފަ އެވެ. އަދި އިންޑިއާގެ އެހީގައި ނިންމާފައިވާ މަޝްރޫތައް ދިވެހި ސަރުކާރާ ހަވާޅު ކުރުންވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ ބެންގަލޫރު