އަންހެނުންނަށް ޚާއްސަކޮށްގެން އެސްޑީއެފްސީން އާ ފައިނޭންސިން ސްކީމެއް ތައާރަފުކުރަނީ

Advertisement

އެންމެ ފަސް

Advertisement

ވިޔަފާރީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް މި ދާއިރާއަށް ނުކުތުމަށް އަންހެނުންނަށް ހިތްވަރު ދިނުމުގެ ގޮތުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އާ ފައިނޭންސިން ސްކީމެއް ތައާރަފް ކުރަން ނިންމައިފި އެވެ.

މި ސްކީމް ތައާރަފް ކުރަން ނިންމާފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އެސްޑީއެފްސީން ހާމަކުރި ގޮތުގައި، މި އާ ސްކީމުގެ މައިގަނޑު މަޤްޞަދަކީ އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނެރުމަށް ހިތްވަރު ދިނުމާއި، ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، އަންހެނުން ބާރުވެރި ކުރުވައި، އިޤްތިޞާދީ މިނިވަންކަން އިތުރުކޮށް، އަންހެނުން ހިންގާ ވިޔަފާރިތައް ކުރިއެރުވުމަކީވެސް މި ސްކީމުގެ މުހިންމު މަޤްޞަދެއްކަމަށް އެސްޑީއެފްސީން ބުނެ އެވެ.

މި ސްކީމްގެ ސަބަބުން އަންހެނުންނަށް ވިޔަފާރީގެ ދާއިރާއަށް ނުކުމެ، އަމިއްލަ މަސައްކަތް ފެށުމަށާއި ދެމިގެންދާނެ އިޤްތިޞާދީ ކުރިއެރުމެއް ހޯދުމަށް މަގު ތަނަވަސްވެގެންދާނެކަމަށް އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވި އެވެ.

މި ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު މަހު ހުޅުވާލެވޭނެ ކަމަށް އެސްޑީއެފްސީން ބުނެފައިވެ އެވެ. އެޕްލިކޭޝަންތައް ބަލައިގަންނާނީ އެ ކުންފުނީގެ ވެބްސައިޓުގައިވާ ’އެސްއެމްއީ ޕޯޓަލް‘ މެދުވެރިކޮށެވެ.

އެސްޑީއެފްސީން މިހާރުވެސް ތަފާތު ގިނަ ސްކީމްތަކެއް ކުރިއަށް ގެންދެ އެވެ. އޭގެ ތެރޭގައި ކުރު މުއްދަތުގެ ތެރޭގައި ވިޔަފާރިއަށް ދިމާވާ ގޮންޖެހުމަކުން އަރައިގަތުމަށް ދޫކުރާ ’ވިޔަފާރި އެހީ‘ އާއި ވިޔަފާރިއެއް ފެށުމަށް އެހީވުމަށް އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ’ފަށާ މަދަދު ލީސިން‘ އާއި ދަނޑުވެރިކަން ކުރިއެރުވުމަށް ދޫކުރާ ’ދަނޑުވެރި ނަފާ‘ ހިމެނެ އެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންްސް ކޯޕަރޭޝަން (އެސްޑީއެފްސީ) ވިޔަފާރި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ