ދިވެހިރާއްޖޭގެ ފުޑް ސެކިއުރިޓީ ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އަސާސީ ކާބޯތަކެތީގެ އިތުރުން އިތުރު ގިނަ ބާވަތްތަކެއްގެ ކާބޯތަކެތި އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް އެތެރެކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ކުރިން އެސްޓީއޯއިން އެތެރެކުރަމުން އައި ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތެއްގެ މޭވާ އަދި 10 ބާވަތެއްގެ ތަރުކާރީގެ އިތުރުން މުގު، ބިސް އަދި އަލުވި ވެސް އެސްޓީއޯއިން ގަނޑުކޮށް އެތެރެކުރުމަށް ވަނީ ނިންމާފަ އެވެ.
މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނޭ ފުޑް ސެކިއުރިޓީ ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ނިންމުން ނިންމާފައިވަނީ ކެބިނެޓްގެ މަޝްވަރާއާ އެކުގަ އެވެ.
މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި މި ބާވަތްތަކުގެ ތަކެތި އެކަށީގެންވާ އަގެއްގައި ލިބެން ހުންނާނެ އެވެ. އަދި މީގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުވެ، އާންމު ރައްޔިތުންނަށް ލުއިފަސޭހަވެގެންދާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)