އެސްޑީއެފްސީގެ އެމްޑީއަކަށް ބަދުރުއްދީން އައްޔަނުކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް ބަދުރުއްދީން ހަސަން އައްޔަނު ކުރައްވައިފި އެވެ.

މިކަން ހާމަކޮކޮށް އެސްޑީއެފްސީގެ ސޯޝަލްމީޑިއާ އެކައުންޓްތަކުން ވަނީ ބަދުރުއްދީންއަށް މަރުހަބާ ދަންނަވާ ޕޯސްޓްކޮށްފަ އެވެ.

ބަދުރުއްދީން ހަސަން މީގެކުރިން ހުންނެވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގެ ޑައިރެކްޓަރގެ މަގާމުގަ އެވެ.

އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ އެމްޑީގެ މަގާމުގައި މީގެކުރިން ހުންނެވީ އައިޝަތު ފިފްޝީން އެވެ. ފިފްޝީން އެމަގާމުން ވަކިކުރިކަން ޕީސީބީން ހާމަކޮށްފައިވަނީ މާޗް މަހުގެ ތެރޭގަ އެވެ.

މީގެއިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ)ގައި އޮންނަ ސަރުކާރުގެ ހިއްސާ، ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ ޖުލައި މަހުގެތެރޭގަ އެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންްސް ކޯޕަރޭޝަން (އެސްޑީއެފްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ