އައު ޓާމިނަލް ހުޅުވުމަކީ އިންވެސްޓަރުންނަށް ލިބުނު އުއްމީދެއް: މިނިސްޓަރ ސައީދު

Advertisement

އެންމެ ފަސް

Advertisement

ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކޮށްގެން ތިބި ބޮޑެތި ބްރޭންޑްތަކަށް، އެއަރޕޯޓް ހުޅުވުމާއެކު ލިބިގެންދިޔައީ ރާއްޖެއާމެދު އުންމީދީ ޔަގީންކަމެއް ކަމަށް އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެއާޕޯޓުގެ ޖާގައިގެ ހަނިކަމާއި ޚިދުމަތް ދިނުމުގައި ހުރި ދަތިކަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ފާހަގަކުރަމުންދިޔުން ކަމަށެވެ.

”ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓުކޮށްގެން ތިބި ބޮޑެތި ކުންފުނިތައް އެބަހުރި. ދުނިޔޭގެ ބޮޑެތި ހޮޓެލް ޗެއިންތައް އެބަހުރި، ދުނިޔޭގެ ނަން ހިނގާ ބޮޑެތި ބްރޭންޑުތައް އެބަހުރި،“ މިނިސްޓަރ ސައީދު ވިދާޅުވި އެވެ.

މިނިސްޓަރ ސައީދު ވިދާޅުވި ގޮތުގައި، މި މަޝްރޫއަށް ފައިސާ ހޯދާނެ ގޮތާއި، ދަރަނި ދައްކާނެގޮތް ވެސް ހިމެނޭ ގޮތަށް ފުރިހަމަ ޕްލޭނަކާއި ފީސިބިލިޓީ ސްޓަޑީތައް ހަދައި، މާލީގޮތުން ދެކޮޅުޖެހޭނެ ކަމަށް ގަބޫލުކޮށްގެން މި މަސައްކަތް ފެށުނެވެ.

އަދި ރައީސް ޔާމީނުގެ ސަރުކާރުން ވީއައިއޭ މަސައްކަތް ފެއްޓެވި އިރު، އިންފްރާސްޓްރަކްޗާ ވަޒީރަކަށް ހުންނެވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށާއި، އެވަގުތުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ އެއާޕޯޓުގެ ކެޕޭސިޓީ ލިމިޓުވުން ކަމަށް މިނިސްޓަރ ސައީދު ފާހަގަކުރެއްވި އެވެ.

މިނިސްޓަރ ސައީދު އިތުރަށް ވިދާޅުވި ގޮތުގައި، އެއާޕޯޓުގެ ތަރައްގީއަށް ހުރިހާ ފައިސާއަކާއި ކޮންޓްރެކްޓަރަކާއި ހުރިހާކަމެއް ހަމަޖެހިފައި އޮތްއިރުވެސް، ހަމައެކަނި ޓާމިނަލްގެ މަސައްކަތް ނުނިމި 5 އަހަރުވުމަކީ ކުރީ ސަރުކާރުގެ އިޚްލާސްތެރިކަން ނެތުމުގެ ހެއްކެކެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ