އަހަރެމެންގެ ހަނދާނުގައި ހައްވަ ފުރަތަމަ ފާހަގަވެގެން ދިޔައީ 12 އަހަރުގެ ކުރިން ވަތަނިއްޔާއިން ނެރުނު ”ލިވް އަންލިމިޓެޑް“ ކެމްޕޭނުންނެވެ. އެ ދުވަސްވަރުވެސް ހައްވަ އަކީ މި ޝިއާރާއެކު ގުޅުންތައް ވަރުގަދަ ކުރަމުން ދިޔަ މީހެކެވެ.
އޭނާގެ ރައްޓެހި އަންހެން ކުއްޖާގެ ކައިވެނީގެ ޖަލްސާ ވީހާވެސް ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހައްވަ ގިނަގުނަ މަސައްކަތްތަކެއް ކުރިއެވެ. މި މަސައްކަތް ފަސޭހަވެގެން ދިޔައީ ވަތަނިއްޔާގެ ”އަންލިމިޓެޑް“ ކޯލާއި މެސެޖު ޚިދުމަތްތަކުގެ ސަބަބުންނެވެ.
ވަތަނިއްޔާއިން އުރީދޫ މޯލްޑިވްސްއަށް ނަން ބަދަލުކުރުމަށްފަހު، ކުންފުނިން ވަނީ ގިނަގުނަ ބަދަލުތަކެއް ގެނެސްފަ އެވެ. ނަމަވެސް، ބަަދަލުނުވެ އޮތީ އުރީދުގެ ”ލިވް އަންލިމިޓެޑް“ އެވެ. ހިދުމަތް ފުޅާވެ، ފައްކާވަމުންގޮސް މިއަދު މިއީ މީހުން އެކަކު އަނެކަކާ ގުޅުވައިދޭ ޝިއާރެކެވެ. ދިވެހިންގެ ދިރިއުޅުމާއި ގުޅިފައިވާ މުހިންމު އެއް ބަޔެކެވެ.
މިއަދާ ހަމައަށްވެސް އުރީދޫއިން ދަނީ މި ޝިއާރުގެ ދަށުން، އިންތިހާއަށް ގިނަ ފޯނު ކޯލްތަކާއި، މެސެޖް ފޮނުވުމުގެ ޚިދުމަތާއި، އަދި އިންޓަނެޓް ޑޭޓާގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. މި ހުރިހާ ޚިދުމަތްތަކަކީވެސް ރައްޔިތުންގެ ދިރިއުޅުން ފަސޭހަކުރުމަށް އަމާޒުކޮށްގެން ދެވޭ ޚިދުމަތްތަކެކެވެ.
އުރީދޫ މޯލްޑިވްސްއިން އެ ކުންފުނި އުފެދުނު ތާ 20 އަހަރު ފުރުމުގެ މުނާސަބަތުގައި، އާއިލީ ހަޔާތެއް ފެށިގެން އައި ހައްވައެއްގެ ދިރިއުޅުން އުފާވެރިކަމާއެކު ބަދަލުވެގެންދިޔަ ގޮތުގެ ވާހަކަ ކިޔައިދޭ ’ލިވް އަންލިމިޓެޑް‘ ޕެކޭޖުގެ އިސްތިހާރެއް ވަނީ ތައްޔާރުކޮށްފަ އެވެ.
ހައްވަގެ ދިރިއުޅުމުގައި އާ ބާބެއް ފެށިގެން ދިޔައީ އޭނާގެ ހަޔާތުގެ ބައިވެރިޔާއާ އެކު ކައިވެނިން ބަނދެ، ދަރިއަކު ލިބުމާ އެކުގަ އެވެ. އޭނާގެ ފިރިމީހާ މަސްވެރިކަމަށް ކަނޑަށް ނިކުތުމުން، އެކަހެރިވެފައިވާ ވަގުތުތައް ހޭދަކުރީ މޯބައިލް ފޯނުން ގުޅައި މުއާމަލާތް ކުރަމުންނެވެ. މިގޮތަށް ދުރުގައި ތިބެގެން ވެސް، ދިރިއުޅުމުގެ އެކި ކަންކަމާ މެދު މަޝްވަރާކޮށް، ރަހުމަތްތެރި ވާހަކަތަކުން އެކަކު އަނެކަކާ ގުޅިލާމެހިފަ އެވެ. އިންޓަނެޓުގެ ޒަރީއާއިން އާ ޚަބަރުތަކާއި ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު ލިބިގެން ދިޔަ އެވެ.
އުރީދޫއިން ވީޑިއޯ ކޯލުގެ ޚިދުމަތް ތަޢާރަފުކުރުމާއެކު، އެކަކު އަނެކަކުގެ މޫނު ފެނި، އަޑުއިވޭގޮތަށް ވާހަކަދެއްކުމުގެ ފުރުސަތު ލިބި، ދުރުގައި ތިބެ ވެސް ގާތްކަން އިތުރުވެގެން ދިޔަ އެވެ. ދުވަސްތައް ފާއިތުވެ، އަހަރުތަކެއް ވޭތުވެގެން ދިޔައިރު، އެ ދެމަފިރިންގެ ދަރިފުޅު ބޮޑުވެ، އަމިއްލަ ޢާއިލާއެއް ބިނާކޮށް، ހައްވައަށް މާމައެއްގެ ނަން ލިބިއްޖެ އެވެ.
އިސްތިހާރުގައި ހައްވަގެ ދިރިއުޅުމަށް ހަޔާތުގެ ބައިވެރިއެއް ލިބި، މާމާއަކަށްވުމުގެ ނަސީބު ލިބިގެންދިޔައިރުވެސް މި ހުރިހާ ބަދަލުތަކެއްގެ ތެރޭގައި ވެސް އެއް ކަމެއް ދެމިހުއްޓެވެ. އެއީ އުރީދޫން އޭނާގެ ދިރިއުޅުމާ ގުޅުވައިދިން ގުޅުމެވެ. ހައްވަގެ ހަޔާތުގައި ”ލިވް އަންލިމިޓެޑް“ އަދާކުރި މުހިންމު ރޯލެވެ.
އެ ވީޑިއޯ ނިންމާލަމުން ދޭ މެސެޖަކީ ވެސް އެއީ އެވެ.
”ހަޔާތަކީ ވަގުތީ އެއްޗެއް ނަމަވެސް ހަޔާތުގެ މުހިންމު ހިނދުކޮޅުތައް ކޮންމެ ފޯންކޯލަކާއި ކޮންމެ މެސެޖަކުން ދެމިގެން ދާކަމެވެ. އުރީދޫގެ ”ލިވް އަންލަމިޓަޑް“ ޝިއާރުގެ ދަށުން އެކަން ފަހިކޮށްދޭ“ ކަމެވެ.