އެމްއެމްޕީއާރްސީގެ ހަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދަން އަންގަން މަޖިލީހުން ފާސްކޮށްފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރެވޭނެ އިތުރުގޮތްތައް ހޯދުމަށް އެ ކުންފުންޏަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ވަނީ އެމްއެމްޕީއާރްސީ އަދި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ޙާލަތު ދިރާސާކޮށް ރިޕޯޓެއް އެކުލަވާލާފަ އެވެ. މަޖިލީހުން މިއަދު ވަނީ 62 މެންބަރުންގެ އިއްތިފާގުން މި ރިޕޯޓު ފާސްކޮށްފަ އެވެ.

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން އެމްއެމްޕީއާރްސީ ހިންގަމުންދަނީ ދަރަނީގަ އެވެ. އެގޮތުން:

  • 2021 ވަނަ އަހަރު 141.9 މިލިއަން ރުފިޔާގެ ގެއްލުން
  • 2022 ވަނަ އަހަރު 42.2 މިލިއަން ރުފިޔާގެ ގެއްލުން
  • 2023 ވަނަ އަހަރު 17.9 މިލިއަން ރުފިޔާގެ ގެއްލުން
  • 2024 ވަނަ އަހަރު 27.7 މިލިއަން ރުފިޔާގެ ގެއްލުން

ކޮމިޓީ ރިޕޯޓުގެ ނިންމުމުގެ ގޮތުގައި ވަނީ، އެމްއެމްޕީއާރްސީގެ މައިގަނޑު ޕްރޮގްރާމްތައް ހިންގުމަށާއި ލޯނު ދެއްކުމަށް ސަރުކާރަށް ބަރޯސާވާންޖެހޭތ،ީ އަމިއްލަ ފުދުންތެރިކަން ހުރި ކުންފުންޏަކަށްވުމަށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ބަލައި ދިރާސާކުރުމަށާއ،ި ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށް އިތުރު ގޮތްތަކެއް ހޯދުމަށް އެ ކުންފުންޏަށް އެންގުމަށެވެ.

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުވާލުމުގައި، ސަރުކާރުގެ ނިންމުމާ އެއްގޮތަށް ކުންފުނި އުވާލުމުގެ މަރުޙަލާ ކުރިއަށްގެންދިއުމަށާއި އަދި ކުންފުނި އުވާލުމަށް ޙަވާލުކުރެވޭ ލިކުއިޑޭޓަރ، އެ ފަރާތުގެ މަސްއޫލިއްޔަތުތައް އަދާކުރެތޯ ބަލައި ކަށަވަރުކުރުމަށް ފިނޭންސް މިނިސްޓްރީއަށް އެންގުމަށްވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ