އެސްޓީއޯގެ މައި އޮފީސް ކުރިމަތިން އޮންނަ ބިމުގައި 15 ބުރީގެ އިމާރާތެއް އަޅަނީ

Advertisement

އެންމެ ފަސް

Advertisement

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މައި އޮފީސް ކުރިމަތިން އޮންނަ ބިމުގައި 15 ފަންގިފިލާގެ މަލްޓިޕާޕަސް އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

މި މަޝްރޫއުގެ މައުލޫމާތު ހާމަކުރެއްވީ ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ. މިގޮތުން، މިހާރު އެސްޓީއޯގެ މެޑިކަލް ވެއާހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ބިމުގައި މި އިމާރާތް އެޅުމަށް ވަނީ ނިންމާފަ އެވެ.

”މިވަގުތު ކުރިއަށްދަނީ އިމާރާތުގެ ކޮންސެޕްޓު ޑިޒައިނިންގގެ މަސައްކަތް. މި މަސައްކަތް ކުރާ ކުންފުނިން އަންދާޒާކުރާ ގޮތުގައި ކޮންސެޕްޓު ތައްޔާރުކުރުމުގެ މަސައްކަތް ފަސް މަސްދުވަހުގެ ތެރޭގައި ނިމިގެންދާނެ،“ ޝިމާދު ވިދާޅުވި އެވެ.

އެސްޓީއޯއިން ކުރިން ނިންމާފައިވަނީ މި ބިމުގައި 25 ބުރީގެ އިމާރާތެއް އެޅުމަށެވެ. އޭރު އެ ކުންފުނިން ބުނެފައިވަނީ އެ އިމާރާތަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ އިތުރު ޖާގަ ހޯދުމަށް އަޅާ ތަނެއްގެ ގޮތުގަ އެވެ.

15،000 އަކަފޫޓުގެ ބިމެއްގައި އެޅުމަށް ހަމަޖެހިފައިވާ މި އިމާރާތުގެ މަޝްރޫއަކީ އެސްޓީއޯގެ ވިޔަފާރި އިތުރަށް ފުޅާކޮށް، ޚިދުމަތްތައް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެ އެވެ. އެސްޓީއޯ އިން އަންނަނީ އެ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެސްޓީއޯގެ އެމްޑީ އިބްރާހީމް ޝިމާދު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ