މީޑިއާ ކޮމިޝަނަށް ސެކްރެޓަރީ ޖެނެރަލެއް ހޯދަނީ، މުސާރައަކީ 35،000 ރުފިޔާ

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މުހިންމު މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށް، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި މަގާމަކީ މީޑިއާ ކޮމިޝަންގެ އިދާރީ ހިންގުން ބެލެހެއްޓުމުގައި މައިގަނޑު ދައުރެއް އަދާކުރާނެ މަގާމެކެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފައިވާ ގޮތުގައި، އެމްއެމްބީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފަ އެވެ. މި މަގާމަށް ހޮވޭ ފަރާތަކީ، މީޑިއާ އަދި ބްރޯޑްކާސްޓިންގެ ދާއިރާ ތަރައްގީކޮށް، އާންމު ހިދުމަތްތައް ހަރުދަނާކުރުމަށް މަސައްކަތްކުރާނެ ފަރާތެއް ކަމަށް ވެއެވެ. މި މަގާމަށް ހޮވުމުގައި ސީއެސްސީން ވަނީ ވަކި ޝަރުތުތަކެއް ކަނޑައަޅައިފަ އެވެ.

މަގާމަށް ކުރިމަތިލާ ފަރާތެއްގައި ހުންނަންޖެހޭ އަސާސީ ޝަރުތުތަކުގެ ތެރޭގައި، ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން، ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ހިމެނެ އެވެ. އަދި މީގެ އިތުރުން، މީޑިއާގެ ދާއިރާއިން މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ މީހަކު ކަމުގައިވުން ވެސް ލާޒިމުވެ އެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ އެހެނިހެން ސިފަތަކަކީ ދިވެހިރައްޔިތަކު ކަމުގައިވުމާއި، އުމުރުން 30 (ތިރީސް) އަހަރު ވެފައިވުމެވެ. މީގެ އިތުރުން، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުމަށް ޝަރުތުކުރެވިފައިވާއިރު، މަސްތުވާތަކެއްޗާ ގުޅޭ ކުށެއް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް، ނުވަތަ އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ އެވެ. މި މަގާމުގެ އަސާސީ މުސާރައަކީ މަހަކު 20،500ރ. އެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000ރ. ލިބޭނެ އެވެ.

މި މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ސިވިލް ސާވިސް ކޮމިޝަނުގެ އިދާރާއަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ. މި މަގާމަށް މީހަކު ހަމަޖެއްސުމާއެކު، މީޑިއާ ކޮމިޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، އިދާރީ ހިންގުން ހަލުވިވެގެންދާނެ ކަމަށް ބެލެވެ އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ