އަންނަ މަހުގެ 2 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި އެވެ.
މި އަހަރުގެ ނޮވެމަބަރ މަހުގެ 3 ވަނަ ދުވަސް ވަނީ ހޯމަ ދުވަހަކަށެވެ.
ރައީސް އޮފީހުން ކުރި އިއުލާނެއްގައިވާގޮތުން ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމަވާފައިވަނީ، މުވައްޒަފުންނަށް ޖެހިޖެހިގެން ޗުއްޓީ ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށްޓަކައެވެ.
މިއާއެކު ނޮވެމަބރު މަހުގެ ފުރަތަމަ 4 ދުވަސް ބަންދުވާާނެ އެވެ. ފްތާ ބަންދު (އޮކްޓޯބަރު 31، ހުކުރު އަދި ނޮވެންބަރު 1، ހޮނިހިރު) އާއެކު، ނޮވެންބަރު 2 ވާ އާދީއްތަ ދުވަހާއި ނޮވެންބަރު 3 ވާ ހޯމަ ދުވަސް ބަންދުވާނެއެވެ. ވުމާއެކު، ސަރުކާރު އޮފީސްތައް އަލުން ހުޅުވޭނީ 2025 ނޮވެންބަރު 4 ވާ އަންގާރަ ދުވަހުއެވެ.