ދިވެހި މަސްވެރިކަމުގެ ބްރޭންޑެއް އުފައްދަނީ

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްއެފްއޯއާރުއެމްޕީސީ) އިން ދިވެހި މަސްވެރިކަމަށް ހާއްސަ ބްރޭންޑެއް ތައާރަފްކުރަން އުޅޭ ކަމަށް ބުނެފި އެވެ.

މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްއެފްއޯއާރުއެމްޕީސީ) އިން ބުނީ ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ވަކި ބްރޭންޑެއް ގާއިމްކޮށް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ދިވެހި މަސްވެރިކަމުގެ ބްރޭންޑެއް ތަރައްގީ ކުރުމަށް އެ ކުންފުނިން ވަނީ ބީލަމަށް އިއުލާންކޮށްފަ އެވެ.

އެމްއެފްއޯއާރުއެމްޕީސީން ފާހަގަކުރާ ގޮތުގައި ތަފްސީލީ މާކެޓް ރިސާޗް ކުރުމާއި ރާއްޖޭގެ މަސްވެރިކަމާ ބެހޭ މުހިއްމު މައުލޫމާތު އެއްކޮށްގެން ބްރޭންޑް އުފެއްދުމަށް ހަމަޖެހިފައިވެ އެވެ. މި ބްރޭންޑް އުފެއްދުމާއި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަހުގެ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް އެމްއެފްއޯއާރުއެމްޕީސީއާ ގުޅިގެން ހޮވާ އެޖެންސީން މަސައްކަތް ކުރާނެ އެވެ.

މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހެވެ.

މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނަކީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ކޯޕަރޭޝަނެކެވެ.

މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ ބޭނުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމުގެ އިތުރުން ދިވެހިންގެ އުފެއްދުންތައް ބައިނަލްއަގްވާމީ ބާޒާރުގައި ޕްރޮމޯޓްކޮށް މާކެޓްކޮށް އިޖުތިމާއީ ފައިދާ އިތުރު ކުރުމެވެ. އެގޮތުން، އެ ކުންފުނިން ރާއްޖޭގެ އެކްވާކަލްޗަރ، މެރިކަލްޗަރަލް، އަދި ކަނޑުގެ ހުރިހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ޕްރޮމޯޓް ކުރަމުން ގެންދާނެ އެވެ.

މަސްވެރިކަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްއެފްއޯއާރުއެމްޕީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ