އިނގެރޭސި ރަސްގެފާނުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ޤައުމަށް ވަޑައިގެންފި

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނައިގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު އެ ޤައުމަށ ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ ލަންޑަން ހީތްރޯ އެއާޕޯޓަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ރޯޔަލް ޕެލަސްގެ ފަރާތުން މިސްޓަރ ސައިމަން އޯވަންސް، ޑެޕިއުޓީ ލެފްޓިނެންޓް ފޮރ ދަ ލަންޑަން ބޮރޯ އޮފް ހެރޯ އާއި، ޔޫކޭއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަރ އިރުތިޝާމް އާދަމެވެ.

ރައީސް މުއިއްޒު މި ދަތުރުފުޅު ކުރައްވަނީ، ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސް.އެމް.އައި) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ’ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން‘ ގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، މޫސުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގެ ދުވެލި އަވަސްކުރުމަށް، ބައިނަލްއަޤުވާމީ ގުޅުންތައް އިތުރަށް ހަރުދަނާކޮށްގެން، ޕްރައިވެޓް ކެޕިޓަލް ބޭނުންކުރެވިދާނޭ ގޮތްތަކާމެދު މަޝްވަރާކުރުން ހިމެނެ އެވެ. މި ބައްދަލުވުމުގައި ބައިނަލްއަޤުވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި، ދުނިޔޭގެ ބޮޑެތި މާލީ މުއައްސަސާތަކުގެ ވެރީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސް.އެމް.އައި) އަކީ، އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނައިގެ ތަސައްވުރެއްގެ މައްޗަށް ބިނާކުރައްވާފައިވާ، އެމަނިކުފާނުގެ އިސްނެންގެވުމެކެވެ. މިއީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ މަސައްކަތްތަކުގައި އަމިއްލަ ވިޔަފާރިތައް ހަރަކާތްތެރިކުރުވާ މަންސައެކެވެ. އެސް.އެމް.އައި އިން ބާރުއަޅަނީ، އަމިއްލަ ވިޔަފާރި ކުންފުނިތަކުގެ ވެރީންނާއި، ބައިނަލްއަޤުވާމީ ފެންވަރުގައި ނިންމުންތައް ނިންމާ ފަރާތްތަކުން ހިންގާ އިޤްތިސާދީ ހަރަކާތްތަކަކީ، ދެމެހެއްޓެނިވިކަމުގެ މައްޗަށް ބިނާކުރާ ހަރަކާތްތަކަކަށް ހެދުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިނގެރޭސިވިލާތް އިނގެރޭސިވިލާތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ