10 ފަރާތެއްގެ ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން މިއަހަރު 1.5 މިލިއަން ރުފިޔާ ހަރަދުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން މިއަހަރު މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ބުނެފި އެވެ.

އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރު ޒަކާތު ފަންޑުން ދިހަ ފަރާތެއް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެެވެ. އެކަމަށް ޒަކާތު ފަންޑުން 1،513،821.06 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ނިމުނު 2024 ވަނަ އަހަރު ޒަކާތު ފަންޑުން ނުވަ ފަރާތަކަށް ބޯން މެރޯ ހެދުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. އެގޮތުން ނިމުނު އަހަރު ބޯން މެރޯ ހެއްދުމަށް 7،303،110.34 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މީގެއިތުރުން 2023 ވަނަ އަހަރު ޒަކާތު ފަންޑުން ބޯން މެރޯ ހެދުމަށް ފަސް މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ހޭދަކޮށްފައިވަނީ 3،851،946.62 ރުފިޔާ އެވެ.

ބޯންމެރޯ ހެދުމަށް ކޮންމެ އަހަރަކު 10 ކުދިން ފޮނުވުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ކުރާ މަސައްކަތްތަކުގެ ނަތީޖާ އެއްގެ ގޮތުން ތެލެސީމިޔާ ބަލީގައި ނިޔާވާ މީހުންގެ އަދަދު މަދުވަމުންދާ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އިން ހާމަކޮށްފައިވެ އެވެ.

ރާއްޖޭގައި 18 އަހަރުން ދަށުގެ ތެލެސީމިއާ 257 ކުދިން ތިބި އިރު 18 އަހަރުން މަތީގެ 400 މީހުން އެބަ ތިއްބެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ބޯންމެރޯ ޓްރާންސްޕްލާންޓް ތެލެސީމިއާ ޒަކާތު ފަންޑް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ