އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ހޮސްޕިޓަލުގައި ސަރުކާރުގެ އައިނު ފިހާރަ ގާއިމު ކުރަނީ

Advertisement

އެންމެ ފަސް

Advertisement

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުގެ އައިނު ފިހާރަތައް ގާއިމުކުރުމުގެ މަސައްކަތް ފުޅާކުރަމުންދާ ކަމަށް އެމްސީޖީއެޗްގެ ސީއީއޯ އަބްދުލްރައްޒާގް ހަލީމް ވިދާޅުވެއްޖެ އެވެ.

ޖަވިޔަނި ނޫހަށް ދެއްވި އިންޓަވިއުއެއްގައި އަބްދުލްރައްޒާގް ހަލީމް ވިދާޅުވީ، ރައްޔިތުންނަށް އައިނު ހެދުމުގެ ޚަރަދު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރުން ހިލޭ އައިނު ހަދައިދިނުމުގެ ޚިދުމަތް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާ ކަމަށެވެ. އަދި އާސަންދައިގެ ތެރެއިން އައިނު ހެދުމަށް ކުރިން ލިބެމުން އައި 1،000 ރުފިޔާ، 2،000 ރުފިޔާއަށް ބޮޑުކޮށްދެއްވާފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެމްސީޖީއެޗްގެ ސީއީއޯ ވިދާޅުވީ، މިހާރު މާލެ ސިޓީގައި އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލްގައި އައިނު ފިހާރަތައް ގާއިމުކުރެވި، ރައްޔިތުންނަށް ހިލޭ އައިނު ހަދައިދިނުމުގެ ޚިދުމަތް ފެށިގެން ކުރިއަށްދާ ކަމަށެވެ. އޭނާ ހާމަކުރެއްވި ގޮތުގައި، ހަމައެކަނި އައިޖީއެމްއެޗްގައި މިހާތަނަށް 5،000 އަށް ވުރެ ގިނަ އައިނު ހަދައި، ރައްޔިތުންނާ ހަވާލުކުރެވިފައި ވެއެވެ.

މިއީ ހަމަ ޔަގީނުންވެސް އަޅުގަނޑު ދަންނަވާނީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކާ ލުއިފަސޭހައެކޭ އިނގޭތޯ.

އަތޮޅުތަކުގެ ރައްޔިތުންނަށް އައިނު ހެދުމަށް މާލެއަށް އަންނަން ނުޖެހި، ތިބި ރަށްރަށުން ޚިދުމަތް ލިބޭނެ ގޮތް ހެދުމަކީ އެމްސީޖީއެޗްގެ އަމާޒެއް ކަމަށް ސީއީއޯ ވިދާޅުވި އެވެ. އެގޮތުން، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ހޮސްޕިޓަލްގައި އައިނު ފިހާރަ ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، ކުރިއަށް އޮތްތާގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމުވެފައިވާ އެހެން އަތޮޅުތަކަށް ވެސް އައިނުގެ ޚިދުމަތް ފުޅާކުރަމުން ގެންދާނެ ކަމަށް އަބްދުލްރައްޒާގް ހަލީމް ވިދާޅުވި އެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އައިޖީއެމްއެޗް އައްޑޫ ސިޓީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލް ރައްޒާގް ހަލީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ