ފުޅަދޫ ސްކޫލްގެ ހޯލް އިމާރަތްކުރުން ބަޖެޓުގައި ނުހިމަނާ 10 އަހަރު ވެއްޖެ: މިނިސްޓަރު ޝަފީއު

Advertisement

އެންމެ ފަސް

Advertisement

ބ. ފުޅަދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އިމާރާތްކުރުމަށް ފާއިތުވީ 10 އަހަރުތެރޭ ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ، ބ. ފުޅަދޫ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓިފައިވަނީ ކީއްވެގެން ކަމާއި އަދި އެ މަސައްކަތް ފަށާ އަދި ނިންމޭނެ ތާރީހެއް އަންގަވާލަދެއްވުމަށް ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ފުޅަދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ފާއިތުވީ 10 އަހަރުތެރޭވެސް ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށެވެ.

”އެހެންނަމަވެސް، ބ. ފުޅަދޫ ސްކޫލުގެ އޮފީސް އަދި ކުލާސްރޫމުގެ އިމާރާތުގެ މަސައްކަތް ކުރިޔަށް ނުދާތީ ކުރީގެ ކޮންޓްރެކްޓަރާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށްފަހު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެކު މާޗް 16 ގައި ހަވާލުކުރެވި އަމަލީ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުން.“

އެ ސްކޫލުގެ އޮފީސް އަދި ކުލާސްރޫމުގެ މަސައްކަތް ފެނަކައިން ކުރިޔަށް ގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސްކޫލްތަކުގެ ތެރެއިން މަސައްކަތް ނުނިމި ހުރި ސްކޫލްތަކުގެ މަސައްކަތް ކުރަމުންނެވެ.

ބ. ފުޅަދޫ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ