މީޑިއާ ކޮމިޝަނުގެ އެސްޖީއަކަށް ހަމްދީ އައްޔަންކޮށްފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ ސެކެޓްރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ކުރީގެ ރައީސް ހަމްދީ އަގީލް މިއަދު އައްޔަންކޮށްފި އެވެ.

އެ ކޮމިޝަނުން މިއަދު ހާމަކުރެއްވި ގޮތުގައި، ޕީސީބީގެ ކުރީގެ ރައީސް ހަމްދީ އަގީލް އެ ކޮމިޝަނުގެ އެސްޖީއަކަށް އައްޔަނުކޮށްފައި ވާކަމަށެވެ. އެމްއެމްބީސީން ވަނީ ހަމްދީގެ ލީޑާޝިޕް އާއި ހުނަރު އެ ކޮމިޝަން ތަރައްގީކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް ވެސް ބުނެފަ އެވެ.

ހަމްދީ އަގީލް އަކީ ދައުލަތުގެ މުހިންމު އިދާރާތަކުގައި އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން ޕީސީބީގެ ރައީސް ކަމުގެ މަގާމުގެ އިތުރުން، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުކަން ވެސް އަދާ ކުރައްވާފަ އެވެ.

މީޑިއާ ކޮމިޝަންގެ ސެކްޓްރީ ޖެނެރަލްގެ މަގާމަށް މީހަކު ހޯދުމަށް އިއުލާނު ކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެ މަގާމަށް ކަނޑައަޅާފައިވާ މުސާރައަކީ 35،000 ރުފިޔާ އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ