ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރުމުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް

Advertisement

އެންމެ ފަސް

Advertisement

ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރުމުގައި ރާއްޖެ ދެމިތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ، ފަލަސްޠީންގެ މިނިވަން ދުވަހުގެ މުނާސަބާގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައި ވަނީ، ފަލަސްތީންގެ ދައުލަތަށް މިނިވަންކަމާއި ސިޔާދަތީ ބާރު ލިބިދިނުމަށް ރާއްޖެއިން އަބަދުވެސް ވަކަލާތުކުރާނެ ކަމަށެވެ. އަދި ފަލަސްތީނުގެ މުސްލިމް އަހުންނާއި އުހްތުންނާއެކު ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް ދެމިތިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ބައިނަލްއަގްވާމީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަން ކުރާ ރަށްކަމުގައި ކަނޑައެޅުމަށާއި، ފުރިހަމަ ސިޔާދަތީ ބާރު ލިބިގެންވާ މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައިން ވަކާލާތުކުރުމުގައި ފަހަތައް ނެޖެހި ކުރިއަށްދިއުމަށްވެސް ގޮވާލައްވާފަ އެވެ.

ރައީސް މުއިއްޒު ވަނީ، ފަލަސްތީންގެ ރައީސް ޑރ. މަހްމޫދު އައްބާސްއަށާއި ބޮޑުވަޒީރު މުހައްމަދު މުސްތަފާއަށާއި ފަލަސްތީނުގެ ރައްޔިތުންނަށް އެ ގައުމުގެ މިނިވަން ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދަންނަވާފަ އެވެ.

ފަަލަސްޠީނުގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 1988 ނޮވެންބަރު 15 ވަނަ ދުވަހު އެ ޤައުމުގެ މިނިވަންކަން އިއުލާންކުރި ދުވަހާ ގުޅުވައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ފަލަސްތީން ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ