އޮކްޓޫބަރު މަހު މީރާއަށް 2 ބިލިއަން، އަހަރުގެ މިހާތަނަށް 27 ބިލިއަން

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ އޮކްޓޫބަރު މަހު 2 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މީރާއިން މަހުން މަހުން އާންމު ކުރަމުން އަންނަ ތަފަސްހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ ގޮތުގައި މީރާ މެދުވެރިކޮށް 2.04 ބިލިއަން ރުފިޔާ ބަލައިގެންފައިވާއިރު އެއީ މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާ ކުރި އަދަދަށް ވުރެ 1.2 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއަށް މިއަހަރުގެ އޮކްޓޫބަރު ބަލައިގަތް 2 ބިލިއަން ރުފިޔާގެ އާމްދަނީއަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާ ބަލާއިރު 16.7 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މީރާއަށް ބަލައިގެންފައިވަނީ 1،7 ބިލިއަން ރުފިޔާ އެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް މީރާއަށް ވަނީ 27.3 ބިލިއަން ރުފިޔާ ބަލައިގެންފަ އެވެ. އޭގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 21.7 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 5.6 ބިލިއަން ރުފިޔާ އެވެ. އަހަރުގެ މިހާތަނަށް މީރާއަށް ޑޮލަރުގެ ގޮތުގައި ބަލައިގެންފައިވަނީ 1.2 ބިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ ޖެނުއަރީން އެ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ލިބިފައިވަނީ 871 މިލިއަން ޑޮލަރެވެ.

މީރާ އިން އޮކްޓޯބަރު މަހު ބަލައިގަތް ޖުމްލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އާމްދަނީ އެވެ. އެގޮތުން، ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު 1.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ޖުމްލަ އާމްދަނީގެ 60 އިންސައްތަ އެވެ. ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ގްރީން ޓެކްސްގެ އާމްދަނީ އެވެ. ގްރީން ޓެކްސްގެ ގޮތުގައި 172 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ޖުމްލަ އާމްދަނީގެ 8.5 އިންސައްތަ އެވެ.

މުޅި އަހަރަށް ބަލާއިރުވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީގެ ގޮތުގަ އެވެ. އެގޮތުން ޖީއެސްޓީ އާމްދަނީގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ މިއަހަރު ލިބުނު އާމްދަނީގެ 49 އިންސައްތަ އެވެ.

އޮކްޓޫބަރު މަހު ލިބުނު އިތުރު އާމްދަނީތަކަށް ބަލާއިރު އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 138 މިލިއަން ރުފިޔާ ލިބުނުއިރު ކޯޓާ ފީގެ ގޮތުގައި 51.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި 72 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ