މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް، ބެންޖަމިން ސެސްކޯ އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
ސެސްކޯ އަށް އަނިޔާވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ޓޮޓެންހަމް ކައިރިން 2-2 ގެ ނަތީޖާއަކުން އެއްވަރުވި މެޗުގައެވެ. ޓޮޓެންހަމްގެ މިކީ ވެން ޑި ވެން ކުރި ފައުލަކާ ގުޅިގެން، ސެސްކޯގެ ކަކުލަށް ވަނީ އަނިޔާވެފައެވެ. މި މެޗުގައި ސެސްކޯ އަށް ކުޅެވުނީ 30 މިނެޓެވެ. އޭނާއަށް އަނިޔާވުމާއެކު ޔުނައިޓެޑުން މެޗު ނިންމާލަން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ.
އަނިޔާގެ ސަބަބުން ސެސްކޯ އަށް ކުރިޔަށް އޮތް ވޯލްޑް ކަޕް ކޮލިފައިން މެޗު ގެއްލޭނެއެވެ. އެގޮތުން، ވޯލްޑް ކަޕް ކޮލިފައިންގައި ސްލޮވޭނިއާ ބައްދަލުކުރާނީ ކޮސޯވޯ އާއި ސްވިޑެން އާއެވެ. ނަމަވެސް، އޭނާއަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް ކްލަބުން ވަނީ ބުނެފައެވެ.
ޔުނައިޓެޑުގެ ކޯޗު، ރުބެން އަމޮރިމް ބުނީ، ކަކުލަށް ލިބުނު އަނިޔާއެއް ކަމުން، އަދި ވަކި އެއްޗެއް ބުނަން ނޭންގޭ ކަމަށެވެ. އަދި ޖެނުއަރީ ޓްރާންސްފާގެ ކަންކަން ނިންމަން އެނގޭނީ ސެސްކޯ ގެ ހާލަތަށް ބެލުމަށްފަހު ކަމަށެވެ.
ސެސްކޯ އަށް އަނިޔާވެފައިވާއިރު، އެ ޓީމުގެ ބްރަޔަން އެމްބުއޭމޯ އާއި އަމަދު ޑިއާލޯގެ އިތުރުން މަޒްރައުއީ އަންނަ މަހު އެފްރިކަން ކަޕަށް ފުރާނެއެވެ.
