ހުޅިމެންދޫގައި ގާއިމްކުރާ ރިސޯޓް ވެގެންދާނީ ޓޫރިޒަމް ކުރިއެރުވުމަށްޓަކައި މުހިންމު މަޝްރޫއުއަކަށް: ރައީސް

Advertisement

އެންމެ ފަސް

Advertisement

ލ. ހުޅިމެންދޫގައި ހޮޓެލް ސްކޫލްއަކާއި ރިސޯޓެއް ތަރައްގީކުރުން ވެގެންދާނީ ޓޫރިޒަމް ކުރިއެރުވުމަށްޓަކައި އަދި މީހުން ބިނާކުރުމަށްޓަކައި ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ، ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާމެންދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޮޓެލް ސްކޫލްއަކާއި ރިސޯޓެއް ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ސަރުކާރުގެ އެއާޕޯޓްތައް ހިންގާ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއާއެވެ. އެއީ ޤައުމީ ޔުނިވާސިޓީ އަދި ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ރިސޯޓްގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރުން

މި މަޝްރޫޢު ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި އެމްއޭސީއެލްއާ ހަވާލުކުރެވިފައިވަނީ އެ ކުންފުންޏަކީ މިހާރުވެސް ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރަމުންދާ ކުންފުންޏަކަށް ވާތީ އެވެ.

”މި ރިސޯޓް ވެގެންދާނީ ހެދިގެން ދިޔުމުން ޓޫރިޒަމް ކުރިއެރުވުމަށްޓަކައި އަދި ވަކިން ހާއްސަކޮށް މީހުން ބިނާކުރުން އޭގައި ހިމެނޭ ގޮތަށް ކުރިއެރުމަށްޓަކައި ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް، ވަރަށް މުހިންމު މަޝްރޫއުއަކަށް،“ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫޢުއަކީ ނޭޝަނަލް ޔުނިވަރސިޓީއަށް ބޭނުންވާ ސަޕޯޓް ޓްރެއިނިންގ ރިކުއަރމަންޓްސް ފުރިހަމަކުރުމަށާއި، ޤައުމީ ފެންވަރުގައި ފަތުރުވެރިކަން ކުރިއެރުވުމަށް މުހިންމު ފިޔަވަޅެކެވެ. އަދި 5 ސްޓަރ ފެންވަރުގެ ރިސޯޓެއްގައި އޮން-ދަ-ޖޮބް ޓްރެއިނިންގ ލިބުމަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭ މުހިންމު ފުރުސަތެއްކަން ފާހަގަކުރެއްވި އެވެ.

ވަކިން ޚާއްޞަކޮށް މާމެންދޫގެ ޒުވާނުންނަށް މި މަޝްރޫޢުގެ ސަބަބުން ވަރަށް ބޮޑެތި ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އަދި މި މަޝްރޫޢުއަކީ އެމްއޭސީއެލްގެ ފަރާތުން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ މަޝްރޫޢުއެއްކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްއޭސީއެލް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ލ. ހުޅިމެންދޫ ލ. މާމެންދޫ ލ. މުންޑޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ