ގެދޮރުވެރިޔާ ސްކީމްގެ މައްސަލައިގައި އަކްރަމާއި އިތުރުބަޔަކަށް ކުރި ދައުވާއަށް އިންކާރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ޝަރުތު ފުރިހަމަނުވާ ފަރާތްތަކެއް ފްލެޓް ލިސްޓުގައި ހިމެނިކަމަށް ތުހުމަތުކޮށް އަކްރަމް ކަމާލުއްދީން އަދި އިތުރުބަޔަކަށް ކުރި ދައުވާތަކަށް އިންކާރުކޮށްފި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ޝަރުތު ފުރިހަމަނުވާ ފަރާތްތަކަކަށް ފްލެޓް ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމަނާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާ ކުރީ ކުރީ ސަރުކާރުގެ ގެދޮރުވެރިން ކޮމިޓީގައި ހިމެނޭ ފަރާތްތަކަށެވެ.

މިމައްސަލައިގައި ދައުވާ ކޮށްފައިވަނީ:

  1. ގެދޮރުވެރިން ކޮމިޓީގެ ޗެއަރމަންގެ މަޤާމުގައިހުރި މއ. އެވަރލާސްޓް / އަކްރަމް ކަމާލުއްދީން.
  2. ގެދޮރުވެރިން ކޮމިޓީގެ މެންބަރު، ހއ. އިހަވަންދޫ، ނެދުންގެ / މުހައްމަދު އާރިފް.
  3. ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި، މއ. އިހާދޫ / އަހްމަދު ވިޝާން ނަސީމް.
  4. ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި، މއ. ވިރާޙް / ޟިރުޣާމް ވަހީދު.

މި 4 މީހުންގެ މައްޗަށް ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން މިއަދު މި މައްސަލައިގެ ބޭއްވި އަޑުއެހުމުގައި މި ހަތަރު ފަރާތުންވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

މި މައްސަލައިގައި ދިފާއީ ހެކިން ހުށަހެޅުމަށް 10 ދުވަހުގެ ފުރުސަތެއްވަނީ ދީފަ އެވެ. އަދި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފަ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށް ކުރި ޢިއުލާނާއި، ”ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ދޫކުރުމުގެ އުސޫލު“ އާ ޚިލާފަށް، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ބައެއް ފަރާތްތަކަށް ފޮއިންޓު ދީ، ފްލެޓް ލިބުމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކެއް، ފްލެޓް ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމަނާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަކްރަމް ހިމެނޭގޮތަށް ހަތަރު މީހުންނަށް ދައުވާކުރީ 10 ސެޕްޓެންބަރު 2025 ގަ އެވެ.

ކްރިމިނަލް ކޯޓު އަކްރަމް ކަމާލުއްދީން ފްލެޓް މައްސަލަ ގެދޮރުވެރިޔާ ސްކީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ