ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ދޭން ތައްޔާރުވުމަކީ ސަރުކާރުން ދިން އެއްބާރުލުމުގެ ނަތީޖާ: އުރީދޫ

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފް ކުރުމުގެ މަސައްކަތުގައި އުރީދޫއަށް މިހާ ހިސާބަށް އާދެވުނީ ސަރުކާރުން ދިން ފުރިހަމަ އެއްބާރުލުމުގެ ސަބަބުންކަމަށް އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، ޚާލިދު އަލް ހަމާދީ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޚާލިދު ވިދާޅުވީ ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމަކީ އުރީދޫއަށް ލިބޭ ބޮޑު ފަޚުރެއް ކަމަށެވެ. އަދި މި ކާމިޔާބީއާ ހަމައަށް އާދެވުނީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށް ޚާލިދު ފާހަގަ ކުރެއްވި އެވެ. އެގޮތުން އުރީދޫއިން ޕޭޕަލްގެ ހިދުމަތް ތައާރަފްކުރާ ފުރަތަމަ ޤައުމަކަށް ރާއްޖެ ވެގެންދާއިރު، ސަރުކާރުގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ޚާލިދު ފާހަގަ ކުރެއްވި އެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުގެ އިސްނެންގެވުމާއެކު ކުރެވުނު ގިނަ މަސައްކަތްތައް ޚާލިދު ފާހަގަކުރެއްވި އެވެ. އަދި ދިވެހީންގެ ފަންނުވެރިކަން ކުރިއަރުވައި، ޑިޖިޓަލް އަދި ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއިން ދިވެހި އިޤްތިޞާދީ އުފެއްދުންތެރިކަން އިތުރުކުރެއްވުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގައި އުރީދޫގެ ފުރިހަމަ އެއްބާރުލުން އޮންނާނެކަމުގެ ޔަގީންކަން ދެއްވި އެވެ.

ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ޕޭޕަލް ފަދަ ޕްލެޓްފޯމްތަކުގެ ޒަރީއާއިން ދިވެހި ޒުވާނުންނަށް އެތައް ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ. އަދި 2026 ވަނަ އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާކަން ފާހަގަކުރައްވައި، އެކި ދާއިރާތަކުން އުފެއްދުންތެރިކަން ކުރިއަރާ ދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވި އެވެ.

އުރީދޫ ފިންޓެކްއަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ އިންވާޑް ރެމިޓެންސް ލައިސަންސް ރަސްމީކޮށް ދޫކޮށްފަ އެވެ. އަދި މި މަސައްކަތުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވެދެއްވި އެހީތެރިކަމާއި ބެހެއްޓެވި ގާތްކަން ޚާލިދު ވަނީ ޚާއްސަކޮށް ފާހަގަކުރައްވާފަ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އުރީދޫ އެމްއެމްއޭ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ޕޭޕަލްގެ ހިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ