ބެސްޓިނެޓް އެއްބަސްވުމުގެ ސަބަބުން ގެއްލުމެއް ނުވާނެ: އޭޖީ އުޝާމް

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުން ބެސްޓިނެޓާއެކު ހަދާފައިވާ އެއްބަސްވުމުގެ ސަބަބުން ދައުލަތަށް އަދި ރައްޔިތުންނަށް ގެއްލުމެއް ނުވާނެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ބަންޑާރަ ނައިބު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވުމުގެ މަރުހަލާގަ އެވެ.

މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ބެސްޓިނެޓާ އެކު ދެވަނަ ފަހަރަށް ކުރެވުނު އެއްބަސްވުމުން ދިވެހި ދައުލަތަށް އަދި ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ވަރެއްގެ ގެއްލުމެއް ވާނެތޯ ސުވާލު ކުރައްވާފަ އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ބަންޑާރަ ނައިބު އުޝާމް ވަނީ މި އެއްބަސްވުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ވާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ވިދާޅުވެފަ އެވެ.

ބެސްޓިނެޓާއެކު ސަރުކާރުން ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރީ 2016 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. މިދިޔަ ވެރިކަމުގައި އެއްބަސްވުމަށް އަމަލުނުކޮށް އަދި އެއްބަސްވުން ބާތިލްވެސް ނުކޮށް މަޑުކުރުމުން، ބެސްޓިނެޓުން ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާނެކަން އަންގާފަ އެވެ. އެހެންކަމުން މިހާރުގެ ސަރުކާރުން ވަނީ ބެސްޓިނެޓަށް ބޮޑު ބަދަލެއް ދޭން ޖެހިދާނެކަމަށް ބުނެ، އަލުން އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މެލޭޝިޔާގެ މި ކުންފުންޏާއެކު ސަރުކާރުން އަލުން އެއްބަސްވުމެއް ހަދާފައިވަނީ ދައުލަތަށް އޮބި ނޯންނަވަރުގެ ބަދަލެއް ހޯދުމަށް އެ ކުންފުނިން ދައުވާކޮށްފައިވާތީކަމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވެ އެވެ. އެ ކުންފުނިން ދައުވާކޮށްފައިވަނީ 15 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދުމަށެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ސަބަބުން ދައުލަތަށް ވަންނަ ފައިސާގެ އަދަދު އިތުރުވާނެކަމަށްވެސް މިނިސްޓަރު އިހުސާން ވިދާޅުވެފައިވެ އެވެ. އެގޮތުން ކުރިން ދައުލަތަށް ވަންނަމުން އައީ 600 މިލިއަން ރުފިޔާ ކަމަށާއި މިހާރު ހެދިފައިވާ އެއްބަސްވުމުގެ ދަށުން ދައުލަތަށް 900 މިލިއަން ރުފިޔާ ވަންނާނެކަމަށްވެސް މިނިސްޓަރު އިހުސާން އޭރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލިސް ބަންޑާރަ ނައިބުގެ އޮފިސް ބަންޑާރަ ނައިބް އަހުމަދު އުޝާމް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ