ސިނގިރޭޓް ވަގަށް ނެގި މައްސަލާގަ 2 ވިޔަފާރިވެރިޔަކާ އިތުރު ބަޔަކު ހައްޔަރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 13.6 މިލިއަން ސިނގިރޭޓް ސްޓިކް ހުޅުމާލެ އިންޓަރނޭޝަނަލް ޓާމިނަލްއިން ވަގަށް ނެގި މައްސަލައިގައި 4 މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ދެ ވިޔަފާރިވެރިންނާއި، ކަސްޓަމްސްގެ އިސް މުވައްޒަފަކާއި އިތުރު މީހަކު ހިމެނެއެވެ. އަދި މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހެއްގެ ފުރުން ވަނީ މަނާކުރެވިފަ އެވެ.

އެނގިފައިވާ ގޮތުގައި ސިނގެރޭޓްތައް ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި ދެ ވިޔަފާރިވެރިންނަކީ ލޮޓަސް ކުންފުނީގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި، އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އެވެ. ނަމަވެސް ފުލުހުން އަދި މި މައުލޫމާތު ރަސްމީކޮށް ކަށަވަރެއްނުކޮށްދެ އެވެ.
ހައްޔަރުކުރި ދެ ވިޔަފާރިވެރިން އާއްޓޭ (ކ) އަދި ދިގަލި (ވަ)

ފުލުހުން ބުނި ގޮތުގަައި މި މައްސަލައިގެ ތަހުޤީޤްއަށް ބައެއް އުޅަނދުތަކާއި ތަންތަން ވެސް ވަނީ ބަލައި ފާސްކުރެވިފަ އެވެ. އަދި މި މައްސަލައާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަން މިވަގުތުވެސް ދަނީ ކުރިއަށްކަމަށް ފުލުހުން ބުންޏެވެ.

ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު މި ސިނގިރޭޓްތައް ހުރީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގަ އެވެ. މިއީ ޖުމްލަ 1،360 ކޭސް ސިނގިރޭޓެވެ. ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި މި ސިނގިރޭޓްތަކުގެ ޑިއުޓީއަށް 122 މިލިއަން ރުފިޔާ އަރަ އެވެ.

މި ސިނގިރޭޓްތައް ވަގަށް އެތެރެކުރަން އުޅެނިކޮށް ފަޅާއެރީ މި އަހަރުގެ އޭޕްރީލް މަހުގަ އެވެ. އޭގެ ފަހުން މި ދެ ކޮންޓެއިނަރު ހުރީ އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި ބަހައްޓާފަ އެވެ. ނަމަވެސް މި މަހުގެ 8 ވަނަ ދުވަހުގެ ރޭ ކަސްޓަމްސްއަށް އެނގުނީ މި ސިނގިރޭޓްތައް ވަގަށް ނަގާފައިވާކަމެވެ.

އެމްޕީއެލް އިން ވެސް އަންނަނީ މި މައްސަލައާ ގުޅިގެން އެ އިދާރާގެ އަމިއްލަ ތަހުޤީޤްއެއް ހިންގަމުންނެވެ.

ކަސްޓަމްސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ