މުޖުތަމަޢުގެ ދަތިތަކުގެ އަސްލަކީ މުދަލާމެދު ދީނުގައި އަންގަވާފައިވާ އުޞޫލުތަކަށް އިހުމާލުވުން: ހުތުބާ

Advertisement

އެންމެ ފަސް

Advertisement

މުދަލާމެދު ދީނުގައި އަންގަވާފައިވާ އުޞޫލުތަކަށް އިހުމާލުވުމަކީ މުޖުތަމަޢުގައި ދިމާވާ ގިނަ ދަތިތަކުގެ އަސްލުކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބަޔާންކުރި ގޮތުގައި، މުޖުތަމަޢުގައި މިހާރު ދިމާވަމުންދާ ގިނަ ދަތިތައް ގުޅިފައިވަނީ މުދަލާމެދު ދީނުގައި އަންގަވާފައިވާ އުޞޫލުތަކަށް އިހުމާލުވުމާއެވެ. މީގެ ތެރޭގައި ކޮރަޕްޝަނާއި، ރިޝްވަތާއި، އަމިއްލަ މަޞްލަޙަތު އިސްކުރުމާއި، އާމްދަނީ ހޯދުމަށް މަސައްކަތްކުރުމަށް ފަސްޖެހުން ފަދަ ކަންކަން ހިމެނޭކަމަށް ބުންޏެވެ.

މާތްﷲ ވަނީ އެކަލާނގެ ދީނުގައި މުދާ ހޯދައި، އެ މުދާ މިލްކުކުރުމުގެ ހަރުދަނާ އުޞޫލުތަކެއް ކަނޑައަޅުއްވާފައިކަން ފާހަގަކޮށް، ހުތުބާގައި ބުނީ މިގޮތުން ބާޠިލު ގޮތުގައި މީސްތަކުންގެ މުދާ ނުކެއުމަށާއި، ހެޔޮގޮތުގައި ވިޔަފާރިކޮށް ދިރިއުޅުން ބާއްޖަވެރިކުރުމަށް މަސައްކަތްކުރުމަށް އަމުރުކުރައްވާފައިވާ ކަމަށެވެ.

ހުތުބާގައި އިތުރަށް ފާހަގަކުރި ގޮތުގައި ޙަލާލު ގޮތުގައި މުދާ ހޯދުމަކީ މުދަލުގައި މާތްﷲ ބަރަކާތްލައްވާނެ ކަމެކެވެ. އަދި މިއީ ޢަމަލުތައް މާތްﷲގެ ޙަޟުރަތުގައި ޤަބޫލުވެ، ޙަޔާތަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނެސްދޭނެ ކަމެއްކަމަށްވެސް ހުތުބާގައި ބުންޏެވެ.

އެހެންނަމަވެސް، ޙަރާމްގޮތުގައި މުދާ ހޯދުމަކީ މުދަލުގެ ބަރަކާތް ކެނޑި، ޢަމަލުތައް ޤަބޫލުވުމަށް ހުރަސްއެޅޭނެ ކަމެއްކަމަށް ހުތުބާގައި ވަނީ އިންޒާރުދެވާފަ އެވެ. އަދި މިއީ ދިރިއުޅުމުގެ އުފާވެރިކަމާއި ބާއްޖަވެރިކަން ނެތިދާނެ ކަމެއްކަންވެސް ހުތުބާގައި ބުންޏެވެ.

”މުސްލިމް އަޚުންނޭވެ! ޙަރާމްގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގެ ބަރަކާތްކެނޑޭނޭ ކަމެކެވެ. އަދި ޢަމަލުތައް ޤަބޫލުވެވުމަށް ހުރަސްއެޅޭނޭ ކަމެކެވެ. ދިރިއުޅުމުގައި އުފާވެރިކަމާއި ބާއްޖަވެރިކަންނެތޭނޭ ކަމެކެވެ. ޙަރާމް ގޮތުގައި ހޯދާ ތަނަވަސްކަމަކީ، އެ މީހެއްގެ ރިޒުޤުކަމުގައިވެއްޖެ މީހަކަށް ހުރި އަބާއްޖަވެރިކަމެއްގެ ބޮޑުކަމާއެވެ!“

ޚުތުބާގައި ވަނީ ހަލާލް ގޮތުގައި މުދަލާއި ފައިސާ ހޯދަން އެންމެހާ މުސްލިމުންނަށް ބާރުއަޅާފަ އެވެ.

ހުކުރު ހުތުބާ ދީން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ