ކޮރަޕްޝަންގެ މައްސަލައެއްގެ ތަހުޤީޤްއަށް އަމީރުވެސް އޭސީސީއަށް ހާޒިރުކުރަނީ

Advertisement

އެންމެ ފަސް

Advertisement

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ސަރުކާރުގެ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވުމަށް އަންގައިފި އެވެ.

އަމީރު އޭސީސީއަށް ހާޒިރުވާން އަންގާފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު 2:30 އަށެވެ.

އަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، 2019 އިން 2023 އަށް މާލީ ވަޒީރުގެ ގޮތުގައި މަސައްކަތް ކުރެއްވީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށެވެ. ”ވަޒީރުކަމުގައި ކޮންމެ ކަމެއް ވެސް ނިންމާފައި އަދި ލަފާދީފައި ވާނީ ދައުލަތަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްކޮށް، ދައުލަތަށް އެންމެ ފައިދާވާނެ ގޮތަށް“ ކަމަށް އަމީރު ވިދާޅުވި އެވެ.

މީގެއިތުރުން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްވެސް އޭސީސީއަށް ހާޒިރުކުރުމަށް އަމުރު ފޮނުވާފައިވެ އެވެ. ފައްޔާޒް ހާޒިރުކުރަނީ އޮކްޓޫބަރު 13 ވަނަ ދުވަހުގެ ހެނދުނު 09:30 އަށް، މައްސަލައިގެ ތުހުމަތުކުރެވޭ ފަރާތެއްގެ ހައިސިއްޔަތުންނެވެ.

ފައްޔާޒް ހާޒިރުކުރާ މައްސަލައަކީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްއަށް ލިބުނު ގެއްލުމުގެ ބަދަލާ ގުޅޭ މައްސަލައެކެވެ. 2019 ވަނަ އަހަރު އޮލްޓަރނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމި ނިންމުމުގައި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސްވިފްޓް އިންޖިނިއަރިންއަށް ލިބެންނުޖެހޭ މަންފާއެއް ހޯދައިދިނުމަށް މަސައްކަތްކުރި ކަމުގެ ތުހުމަތު ފައްޔާޒްގެ މައްޗަށް ކުރެވެ އެވެ.

މި މައްސަލައާ ގުޅިގެން ފައްޔާޒް ވިދާޅުވެފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައި ނުވާނެ ކަމަށެވެ. އަދި އަމީރުވެސް ވިދާޅުވެފައިވަނީ ”އޭސީސީގެ ރައީސް އާއި މެމްބަރުންގެ ވަޒީފާގެ ދިފާއުގައި ބޭއިންސާފުން މީހުން ފްރޭމްކުރަން ކުރާ މަސައްކަތް ހުއްޓާލުމަށް“ ގޮވާލައްވާ ކަމަށެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެމްޑީޕީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ