ފެނަކަ އޮޑިޓާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށައިފިން: އޭސީސީ

Advertisement

އެންމެ ފަސް

Advertisement

ފެނަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓް ރިޕޯޓާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެެ.

އޭސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އޭސީސީގެ ތަހުޤީޤުކުރުމުގެ އިޚްތިސާސްއަށް ފެތޭ މައްސަލަތަކަކީ ކޮބައިކަންބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަކުރައްވާފައިވާ ގިނަ މައްސަލަތަކަކީ އޭސީސީން މިހާރުވެސް ތަހުގީގު ކުރަމުންދާ މައްސަލަތަކެއްކަން ފާހަގަކޮށް އޭސީސީން ބުނެފައިވަނީ ފެނަކަގެ 161 މައްސަލަ އޭސީސީން ތަހުގީގުކުރަމުންދާ ކަމަށެވެ.

މި މައްސަލަތަކުގެ ތެރެއިން 13 މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން މަރުޙަލާ ފަށާފައިވާއިރު، 2022 ވަނަ އަހަރުން ފެށިގެން ފެނަކަ ކޯޕަރޭޝަނަށް ނިސްބަތްވާ 9 މައްސަލައެއްގައި އެކި ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަފޮނުވާފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

”މިހާތަނަށް ފެނަކައާ ގުޅޭ ގޮތުން އެކި މައްސަލަތައް ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، 21،458،280.86 ރުފިޔާ އަނބުރާ ހޯދުމަށް އެ ކުންފުންޏަށް ކޮމިޝަނުން ވާނީ އަންގައިފައެވެ.“ އޭސީސީން ބުނެފައިވެ އެވެ.

މީގެ އިތުރުން، ފެނަކައާ ގުޅޭ އެކި މައްސަލަތަކުގައި 96 ކަމެއް އިސްލާހުކުރުމަށް، މިހާތަނަށް ވާނީ އަންގާފައި ކަމަށްވެސް އޭސީސީން ބުނެފަިއވެ އެވެ. އެކަންކަމުގެ ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށްގެންގޮސްފައިވާ ގޮތުގެ 49 ކަމަކާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 26 ކަމަކާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 10 ކަމަކާއި، ކުންފުނިން ބަލައި ތަހުޤީގުކުރުމަށް 8 ކަމަކާއި އަދި އިތުރު ކަންކަން ހިމެނޭ ކަމަށް އޭސީސީން ބުނެފައިވެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އޮޑިޓް ރިޕޯޓު ފެނަކަ ފެނަކަ ހިޔާނާތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ